ކޮވިޑް ކޭސްއަކާއި ގުޅިގެން ޝަރަފުއްދީން ސްކޫލްގެ ދަރިވަރުންތަކެއް އެކަހެރިކޮށްފި

ކޮވިޑް-19 ކޭސްއަކާއި ގުޅިގެން ޝަރަފުއްދީން ސްކޫލްގެ ދަރިވަރުންތަކެއް އެކަހެރިކޮށްފިއެވެ.

ޝަރަފުއްދީން ސްކޫލްގެ ދަރިވަރުންތަކެއް އެކަހެރިކޮށްފައިވ މިވަނީ އިއްޔެ އައްޑޫ ސިޓީ ހިތަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާއި އެކުދިން ދިމާވެފައިވާތީއެވެ.

ޝަރަފުއްދީން ސްކޫލުން ބުނީ އިއްޔެ ކޮވިޑަށް އައްޑޫ އިން ޕޮޒިޓިވްވި މީހާ ކަރަންޓީނު ގަވާއިދާ ހިލާފަށް އާންމު މީހުން ގޮސް އުޅޭ ތަންތަނަށް ދިޔުމުގެ ތެރޭގައި އެ ސްކޫލްގެ ބައެއް ދަރިވަރުންނާއި ކޮމިއުނިޓީ ތެރެއިން ދިމާވެފައިވާތީވެ، އައްޑޫ ހޮސްޕިޓަލުގެ ލަފަޔާއި އެޑިއުކޭޝަން މިނިސްޓްރީގެ އިރުޝާދުގެ ދަށުން ގޭގައި އެ ދަރިވަރުން ހޯމް އައިސޮލޭޝަނުގައި މަޑުކުރުމަށް އަންގާފައިވާނެ ކަމަށެވެ.

އިއްޔެގެ ކޭސްއާއި ގުޅިގެން ދަރިވަރުންތަކެއް އެކަހެރިކޮށް ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންދިޔަ ކަމުގައިވިޔަސް އާއްމު ހާލަތާއި އެއްގޮތަށް ސްކޫލްގެ ކިޔެވުން އޮންނާނެކަމަށްވެސް އެސްކޫލުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ