ރައްޔިތުން ތިބީ އިދިކީލިކޮށްކަމަށް ކުރީގެ މަޖްލިސް މެންބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.
ރުކުމާ މިހެން ވިދާޅުވެފައި މިވަނީ ވެރިކަމުގެ ނިޒާމް ބަދަލުކުމުގެ ވާހަކަތައް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ދުވަސްކޮޅެއްގައެވެ.
އެގޮތުން ރުކުމާ ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓްގައި ބަރުލަމާނީ ބޮޑުތަނުން ބަލިވާނެކަމަށާއި ބައިތުލް މާލާއި އަލަށް ޗާޕްކުރާ ފައިސާ ކެމްޕެއިން އަށް ތަޅާ ބުރުވިޔަސް ރައްޔިތުންގެ ހިތްތަކުން ޖާގަ ނުލިބޭނެކަމަށެވެ.
އެގޮތުން ރައްޔިތުން ތިބީ އިދިކީލި ކޮށްކަމަށް ރުކުމާ ވަނީ ވިދާޅުވެފައެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓްގައި ބަރުލަމާނީ ބޮޑުތަނުން ބަލިވާނެއެވެ. ބައިތުލް މާލާއި އަލަށް ޗާޕްކުރާ ފައިސާ ކެމްޕެއިން އަށް ތަޅާ ބުރުވިޔަސް ރައްޔިތުންގެ ހިތްތަކުން ޖާގަ ލިބޭކަށް ނެތެވެ. ރައްޔިތުން ތިބީ އިދިކީލި ކޮށެވެ.
— ރުކުމާ (@RukumaA) April 30, 2021
ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކޮށް، ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންވާކަމުގައި ރައީސް ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައެވެ.
މިކަމާއި ގުޅިގެން ރައީސް ޞާލިޙް ވިދާޅުވެފައި ވަނީ ވެރިކަމުގެ ނިޒާމް ބަދަލު ކުރަން ބޭނުންވާކަމަށްވާނަމަ އެކަން ކުރެވޭނީ ރައްޔިތުންގެ ވޯޓަކުންކަމަށެވެ.
ބަރުލަމާނީ ވާހަކައައި ގުޅިގެން އެކަމާއި ދެކޮޅަށް ކުރީގެ ރައީސުންނާއި ގިނަ ސިޔާސީ ބޭފުޅުންވަނީ ވާހަކަ ދައްކަވާފައިވައިރު އެމްޑީޕީގެ ގިނަ މެންބަރުންވެސް ބަރުލަމާނީ ނިޒާމެއް ގެނައުމާއި ދެކޮޅުކަން ވަނީ ހާމަވެފައެވެ.
ރުކުމައަކީ 2019 ވަނަ އަހަރާއި ޖެހެންދެން އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ނަމަވެސް ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރުކުމާ ވަނީ އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި މާލޭ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ ގޮނޑި ކަމިޔާބު ކުރެއްވި ޑރ. މުޙައްމަދު މުޢިއްޒުއަށް ތާޢިދު ކުރައްވާކަން ހާމަ ކުރައްވާފައެވެ.



