ދެބޯޓު ޖެހި ބަނގުލަދޭޝްގައި ހިނގި އެކްސިޑެންޓެއްގައި 26 މީހުން މަރުވެއްޖެ

ފަސިންޖަރުންނާއެކު ދަތުރުކުރި ލޯންޗަކާ ވެލި ހިފައިގެން ދަތުރުކުރި އުޅަނދެއް ޖެހި ބަންގުލަދޭޝްގައި ހިނގި އެކްސިޑެންޓެއްގައި 26 މީހުން މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓު ހިނގިއިރު ލޯންޗުގައި 36 މީހުން ތިބިކަމަށާއި އެކްސިޑެންޓު ހިނގީ ޕަދްމާ ކޯރުގައި ކަމަށެވެ. އެކްސިޑެންޓު ހިނގިއިރު ލޯންޗު ދަތުރު ކުރަމުން ގޮސްފައިވަނީ މާވާ ޓައުނުން ކަމަށެވެ.

"މިހާތަނަށް 26 މީހެއްގެ ހަށިގަނޑު ކޯރުތެރެއިންވަނީ ފެނިފައި މީގެތެރޭގައި އަންހެނަކުވެސްވަނީ ފެނިފައި، ފަސްމީހަކު ކޯރުތެރެއިން ސަލާމަތްކޮށްފައިވާއިރު މީގެތެރޭގައި ތިން ކުޑަކުދިން ހިމެނޭ" ފުލުހުންގެ އޮފިޝަލެއް ކަމަށްވާ އާމިރު ހުސައިންވަނީ ވިދާޅުވެފައެވެ.

އެކްސިޑެންޓު ހިނގި ސަރަހައްދުގެ ސަރުކާރު އިސް އޮފިޝަލަކު އަލްޖަޒީރާ ނިއުސް އަށް މައުލޫމާތުދެމުންވިދާޅުވީ ލޯންޗު ދަތުރު ކޮށްފައިވަނީ ކޮރޯނާވައިރަސް ލޮކްޑައުންގެ އުސޫލުތަކާއި ހިލާފަށް ކަމަށެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރުވެސް އައްނަނީ ޑައިވަރުންނާއި ގުޅިގެން ކުރަމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ