އައްޑޫ ސިޓީގެ މަގުތަކުގައި ފެން ބޮޑުވެ ބައެއް ގެތަކަށް ފެން ވަދެއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ، ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ފޭދޫގެ މަގުތަކުގައި ފެން ބޮޑުވެ ބައެއް ގެތަކަށް ފެން ވަދެފައިވާކަމަށެވެ. އަދި އެކަމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި ހަވާލާދީ "އައްޑޫލައިވް" ގައި ބުނެފައިވަނީ، މިހާތަނަށް 50 އަށް ވުރެ ގިނަ ގެއަށް ފެން ވަނުމާ ގުޅިގެން ރިޕޯޓުކޮށްފައިވާ ކަމަށާއި އެ ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަށީގެންވާ ވަސީލަތްތަކާއި މީހުން ނެތުމުން ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށެވެ.
Raajje ah kuramundhaa visaaraagai Addu City Hithadhoo,Maradhoo adhi Feydhoo ge beh gethakah fenvadhe, erahthakuge baeh maguthakugai fen bodu vumaai gulhigen MNDF Southern Area ge sifain annanee eheetherikan foaru kohdhemun. Mi haadhisaage report libifaivanee 16:30 haairu. pic.twitter.com/NiwQ3mjrcq
— Maldives National Defence Force (@MNDF_Official) May 12, 2021
ރާއްޖޭ މޫސުން ގޯސްވެ އެކި ސަރަޙައްދުތަކަށް އެލާރޓް ނެރެމުން މިހާރުވެސް ދާއިރު މިރޭވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށް މެޓް އޮފީހުންވަނީ ބުނެފައެވެ.
އެގޮތުން މިރޭގެ 07:00 ން 09:00 އާއި ހަމައަށް އައްޑޫ އާއި ފުވައްމުލަކަށް އޮރެންޖް އެލާޓް ނެރެފައިވާކަންވެސް ފާހަަގަކޮށްލެވެއެވެ.



