ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް - ފޮޓޯ: ސަން

ޤައުމަށްޓަކައި އެންމެން އެއްގަލަކަށް އަރަންވީ ވަގުތު ޖެހިއްޖެ: މަޢުމޫން

މިއީ ޤައުމަށްޓަކައި އެންމެން އެއްގަލަކަށް އަރަންވީ ވަގުތު ކަމުގައި ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުއްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މަޢުމޫން މިހެން ވިދާޅުވެފައި މިވަނީ ދިވެހި ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނާތީއެވެ.

މަޢުމޫން ވިދާޅުވީ ރާއްޖޭގައި މިވަގުތު މިވަނީ ކޯވިޑްގެ ޙާލަތު ވަރަށް ގޯސްވެފައިކަމަށާއި، އެގޮތުން ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް ވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ.

މަޢުމޫން ވިދާޅުވީ އެބޭފުޅާ ދެކޭ ގޮތުގައި މި ވަގުތަކީ އެެއްބަޔަކުއަނެއްބަޔަކަށް ބަހުގެހަމަލާތައް ދިނުންހުއްޓާލާފައި އެންމެން ޤައުމަށްޓަކާ އެއްގަލަކަށް އަރަންވީ ވަގުތު ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިއީ އެެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތައް ދިނުން ހުއްޓާލާފައި އެންމެން ޤައުމަށްޓަކާ އެއްގަލަކަށް އަރަންވީ ވަގުތު" މަޢުމޫން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ކޮވިޑް-19 އަންނަނީ ވަރަށް ހަލުވިކަމާއެކު ފެތުރެމުންނެވެ.

މާލޭގެ އިތުރުން އަތޮޅު ތެރޭގެ ވަރަށް ގިނަ ރަށްރަށުގައިވެސް މި ބަލި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އެގޮތުން އަތޮޅު ތެރޭގެ 56 ރަށެއް މިވަގުތުވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންއަށް ލާފައެވެ.

ރާއްޖޭގައި މިހާތަނަށް 45،956 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، މިހާތަނަށް މި ބަލީގައި 103 މީހަކު ވަނީ ނިޔާވެފައެވެ. މީގެ އިތުރުން 16،997 މީހަކު މިހާރުވެސް ކޮވިޑަށް ފަރުވާ ހޯދަމުން އަންނައިރު، 267 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވަ ދެމުންނެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ