މާލޭ މަގުމަތި - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ޓެކްސީ ޕާކިން ފީ 750 ރުރިޔާ އަށް ކުޑަކުރަނީ

މާލޭގައި ގާއިމުކޮށްފައިވާ ޕާކިން ޒޯންތަކުން ދަޢުލަތަށް ނަގާ ފީ 750 ރުފިޔާއަށް ކުޑަކުރުމަށް ނިންމާފއިވާ ކަމުގައި މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ފުޅު ދައްކަވަމުން ޑރ. މުއިއްޒު ވަނީ ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭ ގޮތުން ވާހަކަ ފުޅު ދައްކަވާފައެވެ.

އެގޮތުން މާލޭ ސިޓީގައި އެކަށީގެންވާ ޕާކިން އޭރިއާތަކެއް ނެތުމާއި، މަގުތަކުގެ ފެންވަރަށް ދައްކަންވެސް މުއިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ. ޑރ. މުއިއްޒު ވިދާޅުވީ މިފަދަ އެތައް ކަމަކާ ގުޅިގެން ޕާކިން ފީ ގޮތުގައި ޓެކްސީ ޑްރައިވަރުންގެ އަތުން ނަގަމުންއަންނަ 3000 ރުފިޔާގެ ބަދަލު ގައި 750 ރުފިޔާ ނެގުމަށް ނިންމާފައިވާކަމަށެވެ.

ޑރ. މުޢިއްޒު ވިދާޅުވީ ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާއި ގުޅިގެން އެންމެ ބޮޑު އަސަރެއް ކުރަނީވެސް ޓެކްސީ ޑްރައިވަރުންނަށް ކަމަށެވެ. މުއިއްޒު ފާހަގަ ކުރެއްވި ގޮތުގައި ބައެއް ނިންމުންތަކާއި އުސޫލުތަކުގެ ސަބަބުން ޓެކްސީ ޑްރައިވަމުންނަށް ލިބޭ އާމްދަނީ ކުޑަވެ އެމީހުންނަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށެވެ.

ޓެކްސީ ޑްރައިވަރުންނަށް ކުރާ އަސަރަކީ އާންމު ރައްޔިތުންނަށްވެސް އޭގެ އުނދަގޫތައް ފޯރާނެކަމެއްކަމުގައި މުއިއްޒު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުންވެސް ރޭގެ ބައްދަލު ވުމުގައި މުއިއްޒުވަނީ މާލޭ ސިޓީގެ މޭޔަރ ކަމުގައި ހުރެ ކުރުމަށް ރާވާފައިވާ ގިނަ ކަންތައްތަކެއް ޙިއްސާ ކުރައްވާފައެވެ.

މާލޭގައި ޕާކިން ފީ ކުޑަކުރުމަށް ނިންމާފައިވާކަން މުއިއްޒު ހާމަ ކުރައްވާފައިވާއިރު، ޕާކް ކުރުމުގެ މައްސަލަ އަކީ މާލޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.

ޑރ. މުއިއްޒު އިއްޔެ ވިދާޅުވެފައި ވަނީ ކެންޕޭން ތެރޭގައި ރައްޔިތުން ޙާސިލްކުރަންބޭނުންވާ އަމާޒުތައް ޙިއްސާކުރިކަމަށާއި އެ ކަންކަން ޙާސިލްކުރަން ކުރާނެ ކަންކަން ހުށައަޅާފައިވާނެކަމަސެވެ. އެގޮތުން ޕްލޭން ގައިވާ ކޮންމެ މަޝްރޫޢެއް ފެއްޓުމުގެ ކުރިން ރައްޔިތުންގެ ޚިޔާލް ހޯދާނެކަމުގައި މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ