ކޮވިޑް-19: މަރުވާ މީހުންގެ އަދަދު މައްޗަށް، މިއަދު 6 މަރު!

ނުރައްކާތެރި ކޮވިޑް-19 ޖެހިގެން މިއަދު މިހާތަނަށް 6 މީހަކު ނިޔާވެއްޖެއެވެ.

މަލެ އާއި އަތޮޅު ތެރެގެ ގިނަ ރައްތަކެއްގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނަ އިރު، މިބަލީގައި އަތޮޅު ތެރެއިންވެސް އަންނަނީ މީހުން ނިޔަވަމުންނެވެ.

މިއަދު 6 މީހަކު މި ބަލީގައި ނިޔާވެފައިވާއިރު، އޭގެ ތެރެއިން 2 މީހުންނަކީ ލ. ކޮވިޑް މެނޭޖްމަންޓް ފެސިލިޓީން ނިޔަވި 2 މީހުންނެވެ.

އެޗްޕީއޭ އިން ވިދާޅުވީ މިއަދު ކޮވިޑްގައި ފުރަތަމަ ނިޔާވެފައި ވަނީ ލ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާ ދެމުންއައި އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނަކާއި، 59 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. އޭގެ ތެރެއިން 87 އަހަރުގެ މީހާ ނިޔާވެފައި ވަނީ ރޭ ދަންވަރު 1:54 ގައެވެ. އަދި 69 އަހަރު މީހާ ނިޔާވީ ރޭ ދަންވަރު 3:01 ގައެވެ.

މި ބަލީގައި މިއަދު 3 ވަނަ އަށް ނިޔާވީ އައިޖީއެމްއެޗްއަށް ގެނަ 73 އަހަރުގެ ދިވެހި ފިރިހެނެވެ. އޭނާ ނިޔާވިކަމަށް އެޗްޕީއޭ އިން ވިދާޅުވެފައި ވަނީ މިއަދު ހެނދުނު 7:25 ގައެވެ.

މިބަލީގައި ދެން މިއަދު ނިޔާވެފައިވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާ ދެމުން އައި އުމުރުން 51 އަހަރުގެ އިންޑިއާ ފިރިހެނަކާއި، 63 އަހަރުގެ ދިވެހި އަންހެނަކާއި، 66 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭގެ ތެރެއިން އިންޑިއާ މީހާ ނިޔާވެފައި ވަނީ މިއަދު ހެނދުނު 8:44 ގައެވެ. އަދި 63 އަހަރު މީހާ ނިޔާވެފައި ވަނީ މިއަދު ހެނދުނު 08:30 ގައެވެ. މިއަދު ދެން ނިޔާވި 66 އަހަރުގެ މިހާ ނިޔާވީ މިއަދު ހެނދުނު 09:48 ގައެވެ.

އެހެންކަމުން ކޮވިޑް-19 ގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 111 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް-19 އަންނަނީ ވަރަށް ހަލުވި ކަމާއެކު ފެތުރެމުންނެވެ. މި ބައްޗަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުވެސް އެތައް ގުނައެއް މަތިވިފައިވާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދުވެސް އަންނަނީ މަތިވަމުންނެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ