ފޮޓޯ: އެމްއެންޑީއެފް

8 މީހުންނާއެކު ދަތުރުކުރި ދޯންޏެއް އުރިއްޖެ

ކ. ހުދުރަންފުށި ރިސޯޓަށް 8 މީހުންނާއި އެކު ދަތުރުކުރި ދޯންޏެއް އުރިއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، އެ ރިސޯޓްގެ ނެރުމައްޗަށް އުރިފައިވަނީ 93 ފޫޓްގެ "ދިރުން" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު ހެނދުނު 10:20 ހާއިރު ކަމަށާއި އަދި މިހާރު އެ ދޯނި ވަނީ ފުންކޮށްފައި ކަމަށެވެ.

މި ހާދިސާ ހިނގިއިރު، ދޯނީގައި ދިވެއްސަކާއި 7 ބިދޭސީން ތިބިއިރު އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އަދި ދޯންޏަށްވެސް އެއްވެސް ގެއްލުމެއް ނުވާކަމަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ