އައްޑޫ ސިޓީއިން އިތުރު 10 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީއިން އިތުރު 10 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން އައްޑޫ ތަފާސް ހިސާބުތައް އާންމުކުރަމުން މިރޭ ބުނީ މިއަދު ހަވީރު 6 ޖެހުމާއި ހަމައަށް އައްޑޫ ސިޓީއިން އިތުރު 10 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

އެގޮތުން ޕޮޒިޓިވްވެފައިވަނީ ހިތަދޫއިން 8 މީހަކާއި އަދި މަރަދޫ އާއި މީދޫ އިން ކޮންމެ ރަށަކުން އެކަކެވެ.

އައްޑޫ ސިޓީން މިއަދު ފެނުނު 10 ކޭސްއާއެކު އެ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 270 ކަށް އަރާފައެވެ. އަދި މިވަގުތު ކޮވިޑްގެ އެކްޓިވް 175 ކޭސް އެސިޓީގައި ހުރިއިރު، މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އެއްވެސް މީހަކު އެސިޓީގައި ނެތެވެ. އަދި 93 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު، މިބަލީގައި އެސީޓީން ދެމީހަކުވަނީ ނިޔާވެފައެވެ.

ކޮވިޑް ކޭސްތައް ފެންނަމުންދާތީ އެޗްޕީއޭ އިން ވަނީ އައްޑޫގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ.

ކޮވިޑް-19 މާލޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، މާލޭގެ އިތުރުން އަތޮޅު ތެރޭގެ ވަރަށް ގިނަ ރަށްރަށުގައިވެސް މި ބަލި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އެގޮތުން އަތޮޅު ތެރޭގެ 73 ރަށެއް މިވަގުތުވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންއަށް ލާފައެވެ. އަދި މި ބައްޗަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުވެސް އެތައް ގުނައެއް މަތިވިފައިވާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދުވެސް އަންނަނީ މަތިވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ