މަޖިލިސް ގޮއްވާލަންޖެހޭކަމަށް ބުނި ޒުވާނަކު ހައްޔަރުކޮށްފި

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ގޮއްވާލަންޖެހޭ ތަނެއްކަމަށްބުނެ "ފޭސްބުކް"ގައި ކޮމެންޓެއް ކުރި ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މަޖިލީހުގެ އާ ދައުރުގެ ފުރަތަމަ ޖަލްސާ ކުރިއަށްދަނިކޮށް، ޒުވާން ފިރިހެނަކު ރާއްޖެޓީވީގެ ފޭސްބުކް ލައިވްއަށް ކޮމެންޓް ކޮށްފައިވަނީ "ތި މަޖިލިސް ގޮއްވާލަންވީ" ކަމަށް ބުނެއެވެ.

މި ކޮމެންޓް ފާހަގަވެގެން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު މި މައްސަލަ ޓްވިޓަރގައި ފެންމަތިކޮށްފައި ވަނިކޮށް، މަޖިލީހުގެ އިދާރާއިން ވަނީ މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާއެވެ. އޭރު މި ކޮމެންޓު ފުލުހުންގެ ސަމާލުކަމަށް އައިސްގެން އެ މައްސަލަ ދިޔައީ ތަހުޤީޤު ކުރަމުންނެވެ.

ފުލުހުން ރޭ ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ގޮއްވާލަންޖެހޭ ކަމަށްބުނެ އިންޒާރުދިން 28 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށާއި، ޓެރަރިޒަމަށް ހިތްވަރުލިބޭގޮތަށް، މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އިންޒާރުދޭ މައްސަލަތައްވެސް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ފުލުހުން ބަލަމުން ގެންދާނެ ކަމަށެވެ.

މީސްމީޑިއާގައި މިފަދަ އިންޒާރެއް ދިން ޒުވާނަކު ހައްޔަރުކުރިއިރު، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މީސްމީޑީއާގައި ޓެރަރިޒަމަށް ހިތްވަރު ލިބޭގޮތަށް ވާހަކަދައްކާކަން ފާހަގަކުރެވި ފުލުހުން ވަނީ އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ