އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުޞަތާއެކު، ނަބާހާގެ ހުވަފެންތައް ޙަޤީޤަތަަކަށް!

އަންނަ މަހު ޖަޕާންގައި ފަށާ އޮލިމްޕިކްސް ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ބެޑްމިންޓަންގެ ތަރި ފާތިމަތުު ނަބާހާ އަބްދުލް ރައްޒާގަށް ލިބުމާއެކު އޭނާގެ ހުވަފެންތައް ޙަޤީޤަތަކަށްވުމުގެ އުންމީދު ބޮޑު ވެއްޖެއެވެ.

ނަބާހާ ވާނީ، އޮލިމްޕިކްސް ގޭމްސްގައި ބެޑްމިންޓަންއިން ވާދަކުރާ ފުރަތަމަ އަންހެން އެތުލީޓަށެވެ. މީގެ ކުރިން އޮލިމްޕިކްސްގައި ވާދަކުރި ރާއްޖޭގެ ހަމައެކަނި ބެޑްމިންޓަން ކުޅުންތެރިޔަކީ 2012 ވަނަ އަހަރު ލަންޑަން އޮލިމްޕިކްސްއިން ފުރުސަތު ލިބުނު މުޙައްމަދު އަޖުފާނެވެ.

އޮލިމްޕިކްސްގައި ވާދަކުރަން ނަބާއަށް ފުރުސަތު ލިބުނީ ޓްރައިޕާޓައިޓް އިންވިޓޭޝަންގެ ދަށުންނެވެ. ޓްރައިޕާޓައިޓް އިންވިޓޭޝަންގެ ދަށުން ފުރުސަތު ލިބެނީ ކުދި ގައުމުތަކުން ކުރިއެރުން ހޯދަމުން އަންނަ އެތުލީޓުންނަށެވެ.

އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ލިބުމާއެކު ނަބާހާ ބުނީ މިހާތަނަށް އައިރު ބެޑްމިންޓަން ކެރިއަރުގައި ވަރަށް ގިނަ ކާމިޔާބީ ލިބިފައިވާ ކަމަށާއި، އެކަމަކު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރުކުރުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ.

ނަބާހާ ބުނީ ކެރިއަރުގައި ވޭތުވެދިޔަ 4 އަހަރަކީ ވަރަށް ދަތިތަކާއި ކުރިމަތިލާން ޖެހުނު ހަތަރު އަހަރުކަމަށެވެ. ނަމަވެސް ދަތ ިއުދަނގޫ މިދުވަސްތަކުގައި އާޢިލާގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް ނަބާހާ ބުނީ، އެނާއަށް ލިބުނު ހުރިހާ ކާމިޔާބީއެއްގެ ސިއްރަކީވެސް އޭނާ ލޯބިވާ އާޢިލާކަމަށެވެ.

ނަބާ އަކީ، މޮރިޝަސްގައި 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބެޑްމިންޓަން އިވެންޓުން ރާއްޖެއަށް ރަން މެޑަލް ހޯދަދިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާ އެވެ. އޭނާ އާ އެއްމާބަނޑު އާމިނަތު ނަބީހާއާ އެކު އޭނާ ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަންގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖެއަށް ރަން މެޑަލް ހޯދައި ދީފައެވެ.

މީގެއިތުރުން ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ އަންހެން ޑަބަލްސް އިވެންޓުގެ ރޭންކިންގެ ގަދަ 100 ތެރޭގައިވެސް ދާދި ފަހުން ނަބާހާ އާއި ނަބީހާ ވަނީ ހިމެނިފައެވެ. މިއީ ދުނިޔޭގެ ރޭންކިންގެ އިވެންޓެއްގެ ގަދަ 100 ތެރޭގައި ރާއްޖޭގެ ކުޅުންތެރިން ހިމެނުނު ފުރަތަމަ ފަހަރެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ