އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓުރަމްޕުގެ ފޭސްބުކް އެކައުންޓް އަދި އިންސްޓަގުރާމް އެކައުންޓް ސަސްޕެންޑްކޮށްފައި ބާއްވާނެ މުއްދަތަކީ ދެއަހަރު ކަމުގައި ފެސްބުކް ކުންފުނިން ނިންމައިފިއެވެ.
ޓުރަމްޕުގެ އެކައުންޓުތައް ފޭސްބުކްއިން ސަސްޕެންޑް ކޮށްފައިވަނީ ވަކިމުއްދަތެއް ނެއްގޮތަށް މިއަހަރުގެ ޖެނުއަރީމަހުއެވެ. ފޭސްބުކްއިން މި ފިޔަވަޅު ޓުރަމްޕާއި ދެކޮޅަށް އެޅީ އެމެރިކާގެ ކެޕިޓަލްގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ޓުރަމްޕް ކުރެއްވި ޕޯސްޓްތަކަށް ފަހުއެވެ.
ފޭސްބުކްއިން ބުނީ ޓުރަމްޕުގެ ޕޯސްޓުތައް އެ ކުންފުނީގެ ގަވާއިދުތަކަށް ނުފެތޭ ކަމަށެވެ. ކެޕިޓަލްގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ޓުރަމްޕު ކުރެއްވި ޓުވީޓުތަކަށްފަހު ޓުވިޓާއިންވެސްވަނީ ޓުރަމްޕުގެ އެކައުންޓުވަނީ ވަކިމުއްދަތެއް ނެއްގޮތަށް ސަސްޕެންޑް ކޮށްފައެވެ. އެ އެކައުންޓް އެކްޓިވޭޓް ކުރާނެ ތާރީހެއް ޓުވިޓާއިން ހާމަކޮށްފައެއް ނުވެއެވެ. ޓުރަމްޕުގެ ޓުވިޓާ އެކައުންޓުވެސް ސަަސްޕެންޑް ކޮށްފައިވަނީ ޖެނުއަރީ މަހުއެވެ.
ފޭސްބުކް ކުންފުނިން މިހާރުވަނީ އެ ކުންފުނީގެ އެހެނިހެން ބަޔެއް ޕޮލެސީތަކަށްވެސް ބަދަލު ގެނެސްފައެވެ. މިގޮތުން ކޮންޓެންޓް މޮޑެރޭޝަން ގަވާއިދުތަކުން ސިޔާސީ ފަރާތްތައް ރައްކާތެރިކުރުމަށް ހަދައިފައިވާ ޕޮލެސީތައްވަނީ އުވާލައިފައެވެ. މި ޕޮލެސީ އުވާލުމުން ސިޔާސީ ފަރާތްތައްކުރާ އަނެއްކާގެ ހައްގުތަކަށް އަރައިގައްނަށް ކޮންޓެންޓްތައް ނުވަތަ ހަމަނުޖެހުން އުފެދޭ ކޮންޓެންޓްތައް ހުއްޓިގެންދާނެކަމަށް ފޭސްބުކްއިން ގަބޫލުކުރެއެވެ.
ޓުރަމްޕް ފޭސްބުކްއިން ސަސްޕެންޑް ކޮށްފައިވާ ތާރީހު ގުނަން ފަށާނީ ޖެނުއަރީމަހުގެ ހަތްވަނަ ދުވަހުން ފެށިގެންނެވެ.



