ފޭސްބުކާއެކު އިންސްޓަގްރާމްވެސް ޑައުންވެއްޖެ

ސޯޝަލް މީޑިއާ ފޭސްބުކް، އަދި އިންސްޓަގްރާމް ދުނިޔޭގެ ބައެއް ހިސާބުތަކަށް ޑައުންވެއްޖެއެވެ.

މި އެޕްލިކޭޝަންތައް ޑައުންވެފައި ވަނީ ރާއްޖެ 3:00 ޖެހި ހާއިރުއެވެ. ބައެއް މީހުންނަށް މިއެޕްތަކަށް ނުވަދެވޭ ގޮތް ވެފައިވާއިރު އަނެއްބައި މީހުންނަށް މެސެންޖާ މެދުވެރިކޮށް މެސެޖް ފޮނުވޭގޮތް ވަނީ ނުވެފައެވެ.

މި އެޕްތައް ޑައުންވީ ކޮން ސަބަބަކާއި ހުރެ ކަމެއް ސާފުވެފައި ނުވާއިރު، މެސެންޖާ ޑައުންވުމާއި ގުޅިގެން ގިނަ ބަޔަކަށް ދަނީ ދަތިތަކާއި ކުރިމަތިވަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މެސެންޖާ ބޮޑަށް ޑައުންވެފައި ވަނީ އިނގިރޭސިވިލާތާއި، ޔޫރަޕްގެ ބައެއް ގައުމުތަކަށެވެ. އޭގެ ތެރޭގައި ފްރާންސް އާއި ބެލްޖިއަމް ވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ