ޕީއެންސީގެ ރައީސް އަބްދުއްރަހީމް

"ސަރުކާރުގެ އިހުމާލުގެ އަގު ދިވެހިން ދައްކަން ޖެހޭނީ ކިތައް ފުރާނައިންތޯ؟"

ކޯވިޑް ކޮންޓްރޯލް ކުރުމުގައި ސަރުކާރުން ނުކުޅެދި، ސަރުކާރުގެ ފަރުވާ ކުޑަކަމާއި އިހުމާލުން އެތައް ރައްޔިތުންނެއް މިދުނިޔެ ދޫކޮށްފައިވާއިރު، އެކަންކަން ތަޙުޤީޤުކޮށް ރައްޔިތުންނަށް ޖަވާބުދާރީ ވުމަށާއި، ޒިންމާއާއި ހަވާލުވެގެން ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި ފަރާތްތައް އިސްތިޢުފާ ދިނުމަށް ދެއްވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

ކޯވިޑްގެ ބަލީގައި ދުނިޔެ ދޫކުރަމުން ދާ ރައްޔިތުންގެ ޢަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު، އެކަންކަމަށް ސަމާލުވެ، ކަންކަން ރަނގަޅު ކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށާއި މިފަދަ މަރުތަކުގައި ސަރުކާރުގެ ފަރުވާކުޑަކަމާއި، އިހުމާލު ބޮޑުކަންވެސް ދަނީ ފާހަގަ ވަމުން ކަމަށް އެ ކޯލިޝަނުން މިއަދު ނެރެއްވި ނޫސްބަޔާނުގައި ވިދާޅުވިއެވެ.

އެމްބިއުލާންސް ފޮނުވުން ލަސްވެގެން ކުޑަކުޑަ މިޝްކާ މިދުނިޔެއާއި ވަކިވެގެން ދިޔަތާ މާގިނަ ދުވަހެއް ނުވެ، ގއ. ދާންދޫ ވިނަމަތި، މަރްޔަމް އިބްރާހީމް މިދުނިޔެއާއި އަލްވަދާޢު ކިޔާފައިވާއިރު، މަރްޔަމް އާއި ދޭތެރޭގައި ސަރުކާރުން ކަންކޮށްފައިވާ ގޮތަށް ބަލާއިރު ސަރުކާރުގެ ފަރުވާ ކުޑަކަމާއި އިޙުމާލު ވަރަށް ބޮޑަށް އޮތްކަން ހާމަވެފައިވާކަމަށް އިދިކޮޅުން ވިދާޅުވިއެވެ.

"އަލްމަރްޙޫމާ މަރްޔަމް އިބްރާހީމްގެ ހާލު ބޮޑުވެގެން، އިމަރޖެންސީގައި މާލެ ގެނެވުނު އިރު، މަރްޔަމް އަށް ފަރުވާ ދިނުމަށް ފްލައިޓަށް އެރުވުނު ވެންޓިލޭޓަރުގެ ބެޓަރި ޗާޖު ހުސްވެ ވެންޓިލޭޓަރުގެ މަސައްކަތް ހުއްޓުމާއި ގުޅިގެން މަރްޔަމް އަށް ފަރުވާ ދެވިފައިވަނީ އަތުން ޕަންޕުކޮށްގެން ކަން ޢާއިލާއިން ވަނީ ހާމަކޮށްފައިވާ ކަމަށާއި ކޯވިޑްގެ އެންމެ ނުރައްކާތެރި ޙާލަތަށްވެސް ތައްޔާރުވެފައިވާ ސަރުކާރުން، އިމަރޖެންސީގައި ހާލު ބޮޑު މީހަކުފްލައިޓަކަށް އަރުވާ އިރު، ފަރުވާއަށް ބޭނުންވާ ޙާލަތްތައް ހަމަކުރެވިފައި ނުވުމަކީ ހިތާމަ ހުރި ކަމެއް ކަމަށް އިދިކޮޅުން ވިދާޅުވިއެވެ.

"ސަރުކާރުގެ ފަރުވާ ކުޑަ ކަމާއި، އިހުމާލުގެ އަގު ދިވެހި ރައްޔިތުން ދައްކަން ޖެހެނީ ކިތައް ފުރާނައިންތޯ؟ މިކަމުގައި ފަރުވާތެރިވެ، ރައްޔިތުންގެ ފުރާނައަށް އިސްކަންދީގެން މަސައްކަތްކުރާކަށް ނުވޭތޯ؟ ވޭތޯ؟ ކޯވިޑް ފެތުރުން މަދު ކުރުމުގައި ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ބަދަލުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާކަށް ނުވޭތޯ؟ ކޯވިޑް ފެތުރެމުންދާ ރަށްރަށުގައި ފަރުވާއަށް ބޭނުންވާ އެންމެހާ ކަންކަން ފުރިހަމަ ކުރާނީ މިފަދަ ހިތާމަވެރި ކިތައް ހާދިސާއަށް ފަހުތޯ؟" ނޫސް ބަޔާނުގައި ވިދާޅުވިއެވެ.

މީގެ އިތުރުން އިދިކޮޅުން ވިދާޅުވީ، ޒިންމާއިން ރެކިވަޑައިގަތުމުގެ ބަދަލުގައި ކުޑަކުޑަ މިޝްކާ އާއި މަރްޔަމް ފަދައިން ސަރުކާރުގެ ފަރުވާ ކުޑަކަމާއި އިހުމާލުން ގެއްލުން ލިބިފައިވާ ޢާއިލާތަކަށާއި ރައްޔިތުންނަށް ޖަވާބުދާރީވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ގޮވާލާ ކަމަށާއި މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އެޅުއްވުމަށްވެސް ގޮވާލާ ކަމަށެވެ.  ހަމައެއާއެކު މިމައްސަލަތައް ބަލާ ޒިންމާވާން ޖެހޭ ފަރާތްތަކުގެ މަޢުލޫމާތާއި، ކަން ހިނގާފައިވާ ގޮތުގެ ޙަޤީޤަތް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ވެސް ގޮވާލާ ކަމަށް ވިދާޅުވިއެެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޙޮސްޕިޓަލް މުވައްޒަފު

    ަްއަސްލު މަރިޔަމް އިބުރާހިމް އެހާ ސީރިޔަސް ހާލަތެއް ގައި މާލެ ފޮނުވާ ލެވުނު އިރު ވެންޓިލޭޓަރުގެ ބެޓެރީ ޗާޖު ހުރިތޯ ބެލުމަކީި ގއ.އަތޮޅު ހޮސްޕިޓަލްގެ މެއިންޓަނަސް އޮފިސަރ މުހައްމަދު މިސްބާހުގެ ޒިންމާ އެއް، މުހައްމަދު ޝަރީފު ވެސް މިކަމުން ބޯ ދަމަން އުޅޭނެ ކަމެއް ނެތް، މި ކަމާ ބިރުން އެމް ޑީ ޕީގެ ބޮޑުން ފަހަތުން މިސްބާހު އާއި ޝަރީފު ފޫގަޅާއިގެން އެބަދުވޭ، މީ ހަޤީޤަތް، އޮޅުވަން އުޅުނަސް މި ހަޤީޤަތް ނު ފޮރުވޭނެ، މި މީހުން ގޮވައިގެން ދައުވާ ކުރުމަށް މަރިޔަމުގެ އާއިލާ އަށް ގޮވާލަން، ނޫނީ ހުވަދު އަތޮޅު އުތުރުބުރީ ރައްޔިތުން ނަށް މި އައްވުރެ ބޮޑު އިހުމަލު ވުން ތަކުރާރު ވާނެ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ