އައްޑޫ ސިޓީ އިން އެއްވެސް މީހަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ނުވާ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފިއެވެ.
އެހެންކަމުން މިއީ އައްޑޫ ސިޓީގެ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ކޮންޓްރޯލްވެފައިވާކަމުގެ އުފާވެރި ނިޝާނެކެވެ. އަދި އީ ކޮވިޑްގެ ކޭސްތައް އައްޑޫ އިން ފެންނަން ފެށިފަހުން މީހަކު ޕޮޒިޓިވް ނުވި ފުރަތަމަ ދުވަހެވެ.
Addu City Covid-19 case status as of 09th June 2021, 18:00Hrs.#StayHome #WashYourHands #WearAMask pic.twitter.com/maIqzfEkwA
— Addu Emergency Operations Center (@EOCaddu) June 9, 2021
އައްޑޫ ސިޓީގައި މިވަގުތު ހުރި ޕޮޒިޓިވް ކޭސްތަކަށް ބަލާލާއިރު، ހިތަދޫގައި މިވަގުތު ކޮވިޑްގެ 60 އެކްޓިވް ކޭސް އުޅޭއިރު، ފޭދޫގައި އެއް ކޭސް، ހުޅުދޫގައި 7 ކޭސް އަދި މީދޫގައި އެއް ކޭސް، މަރަދޫގައި 4 ކޭސް އަދި މަރަދޫފޭދޫގައި އެއް ކޭސް އުޅޭ ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.
މިވަގުތު ކޮވިޑްގެ އެކްޓިވް 74 ކޭސް އެސިޓީގައި ހުރިއިރު، އެސިޓީގެ 242 މީހަކުވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި މިބަލީގައި އެސީޓީން ދެމީހަކުވަނީ ނިޔާވެފައެވެ.
އައްޑޫ ސިޓީގެ ކޮވިޑްގެ ހާލަތު މިހާރު ވަރަށް ބޮޑަށް ކޮންޓްރޯލްވެފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކައް ލުއިދޭން މިއަދު މަޝްވަރާ ފަށާނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރުވެސްވަނީ މިއަދު ވިދާޅުވެފައެވެ.




