އައްޑޫ ސިޓީ އިން އެއްވެސް މީހަކު މިއަދުވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ނުވާ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފިއެވެ.
އައްޑޫ ސިޓީއިން ކޮވިޑްގެ ކޭސްތައް ފެށިފަހުން އެސިޓީން މީހަކު ޕޮޒިޓިވް ނުވާ މިއީ ދެވަނަ ދުވަހެވެ. މިމަހުގެ 9 ވަނަ ދުވަހުވެސް އެސިޓީން ކޮވިޑްގެ ޕޮޒިޓިވް ކޭސްއެއް ފެނިފައެއް ނުވެއެވެ.
އައްޑޫ ސިޓީގައި މިވަގުތު ހުރި ޕޮޒިޓިވް ކޭސްތަކަށް ބަލާލާއިރު، ހިތަދޫގައި މިވަގުތު ކޮވިޑްގެ 39 އެކްޓިވް ކޭސް އުޅޭއިރު، ފޭދޫގައި އެއް ކޭސް، ހުޅުދޫގައި 7 ކޭސް، މަރަދޫގައި 3 ކޭސް އަދި މަރަދޫފޭދޫގައި އެއް ކޭސް އުޅޭ ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.
މިވަގުތު ކޮވިޑްގެ އެކްޓިވް 51 ކޭސް އެސިޓީގައި ހުރިއިރު، އެސިޓީގެ 268 މީހަކުވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި މިބަލީގައި އެސީޓީން ދެމީހަކުވަނީ ނިޔާވެފައެވެ.
Addu City Covid-19 case status as of 11th June 2021, 18:00Hrs.#StayHome #WashYourHands #WearAMask pic.twitter.com/MoIM6ZINsl
— Addu Emergency Operations Center (@EOCaddu) June 11, 2021
އައްޑޫ ސިޓީގެ ކޮވިޑްގެ ހާލަތު މިހާރު ވަރަށް ބޮޑަށް ކޮންޓްރޯލްވެފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކައް ލުއިދޭން މަޝްވަރާ ފަށާނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރުވެސްވަނީ މިއަދު ވިދާޅުވެފައެވެ.




