އައްޑޫ ސިޓީން އިތުރު 3 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 3 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ ހަވީރު 18:00 އާއި އެ ސިޓީން ޕޮޒިޓިވްވެފައިވަނީ ހިތަދޫންއިން ޕޮޒިޓިވްވި ތިން މީހެކެވެ. އެއީ ފްލޫ ކްލިނަކަށް ދެއްކި 1 މީހަކާއި އަދި ރެންޑޮމް ސާމްޕަލްއިން ޕޮޒިޓިވްވި ދެ މީހެކެވެ.

އައްޑޫ ސިޓީއިން މިއަދު ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އިއްޔެ އެސިޓީއިން އެކަކުވެސް ޕޮޒިޓިވްވެފައެއް ނުވެއެވެ. އައްޑޫ ސިޓީއިން ކޮވިޑްގެ ކޭސްތައް ފެށިފަހުން އެސިޓީން މީހަކު ޕޮޒިޓިވް ނުވެ ދިޔައީ އަދި އެންމެ ދެ ދުވަހެވެ. އެއީ އިއްޔެއާއި މިމަހުގެ 9 ވަނަ ދުވަހެވެ.

އައްޑޫ ސިޓީގައި މިވަގުތު ހުރި ޕޮޒިޓިވް ކޭސްތަކަށް ބަލާލާއިރު، ހިތަދޫގައި މިވަގުތު ކޮވިޑްގެ 38 އެކްޓިވް ކޭސް އުޅޭއިރު، ފޭދޫގައި އެއް ކޭސް، ހުޅުދޫގައި 7 ކޭސް، މަރަދޫގައި 3 ކޭސް އަދި މަރަދޫފޭދޫގައި އެއް ކޭސް އުޅޭ ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.

މިވަގުތު ކޮވިޑްގެ އެކްޓިވް 51 ކޭސް އެސިޓީގައި ހުރިއިރު، އެސިޓީގެ 272 މީހަކުވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި މިބަލީގައި އެސީޓީން ދެމީހަކުވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ