އުމުރު ދުވަހަށް ޖަލަށް ލުމަށް އައިވަރީ ކޯސްޓުގެ ކުރީގެ ބޮޑުވަޒީރުގެ މައްޗަށް ހުކުމް ކޮށްފި

އުމުރު ދުވަހަށް ޖަލަށް ލުމަށް އައިވަރީ ކޯސްޓުގެ ކުރީގެ ބޮޑުވަޒީރު ގިއޮމް ސޮރޯގެ މައްޗަށް ގައިރުހާޒިރުގައި ހުކުމް ކޮށްފިއެވެ.

އުމުރުފުޅުން 49 އަހަރުގެ ސޮރޯގެ މައްޗަށް މިއަދު އުމުރު ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ 2019 ވަނަ އަހަރު އައިވަރީ ކޯސްޓަށް ބަގާވާތެއް ގެއްނަން އުޅުނުކަމުގެ މައްޗަށް ކުރެވުނު ދައުވާ ސާބިތުވެގެންނެވެ.

އަމިއްލަފުޅަށް ވިލާތައް އަރުވާލެއްވިގެން ސޮރޯ އުޅުއްވާތާ މިހާރުވަނީ ދެއަހަރުދުވަސް ވެފައެވެ. ސޮރޯގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވާ ގޮތުގައި ސޮރޯގެ މައްޗަށް އުފުލައިފައިވަނީ ބާތިލު، އަދި ސިޔާސީ މަގުސަދެއްގައި އުފުއްލައިފައިވާ ދައުވާތަކެކެވެ. މީގެއިތުރުން މި ދައުވާތައް ސާބިތުކުރަން އެއްވެސް ހެއްކެއްވެސް ނެއްކަމަށްވެސް ގާނޫނީ ޓީމުން ވިދާޅުވެއެވެ.

ސޮރޯއާއެކު މިމައްސަލައިގައި ދެން ދައުވާ އުފުލުނު ދެމީހަކަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައިވާއިރު އިތުރު ތިންމީހަކަށް މިމައްސަލައިގައި 17 މަހުގެ ޖަލުހުކުމެއްވަނީ އިއްވައިފައެވެ. މި އެންމެންނަކީވެސް ސޮރޯއާއި އަރިސް އެކުވެރި ބޭފުޅުންނެވެ.

މީގެއިތުރުން ކޯޓުންވަނީ ސޮރޯ އާއި މިމައްސަލައިގައި ދެން ހިމެނޭ އެންމެންގެވެސް މުދާ ދައުލަތައް ނެގުމަށް އަމުރު ކޮށްފައެވެ. މީގެއިތުރުން ސޮރޯގެ ޖެނެރޭޝަންސް އެންޑް ސޮލިޑަރީ މޫވްމެންޓް އުވާލުމަށްވެސްވަނީ އަންގައިފައެވެ. މީގެއިތުރުން ޖެނެރޭޝަންސް އެންޑް ސޮލިޑަރީ މޫވްމެންޓްގެ ފަރާތުން ދައުލަތަށް 179 މިލިއަން އެމެރިކާ ޑޮލަތު ދިނުމަށްވެސް އަންގައިފައި ވެއެވެ.

މިހުކުމާއި ގުޅިގެން ސޮރޯއިން އަދި ރަސްމީގޮތުން ވަކިއެއްވެއް ބުނެފައެއް ނުވެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ