ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޖަރުމަނުވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ބުންޑެސްޓާގްގެ ރައީސް މރ. ވުއަލްފްގަންގް ޝުއައިބުލައާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ޖަރުމަނުވިލާތުގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވިކަމަށް ރައްޔިތުންގެ މަޖިލީހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، ޖަރުމަނުވިލާތުގެ އިންސްޓިޓިއުޓެއް ކަމަށްވާ ޕްލޭންކް ފައުންޑޭޝަން ފޯރ އިންޓަރނޭޝަނަލް ޕީސް އެންޑް ދަ ރޫލް އޮފް ލޯ އިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ފޯރުކޮށްދެއްވަމުން ގެންދަވާ ތަމްރީނު ޕްރޮގްރާމްތައް ފާހަގަކުރައްވައި މަޖިލީހުގެ ރައީސް އެކަމަށް ޝުކުރުއަދާކުރެއްވި ކަމަށްވެސް ރައްޔިތުންގެ މަޖިލީހުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖަރުމަނުވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި
????: ނޫސްބަޔާންhttps://t.co/oOAcslVDT0 pic.twitter.com/EfQcIqGXgR
— People's Majlis (@mvpeoplesmajlis) June 24, 2021
ރައީސް ނަޝީދު ޖަރުމަނުވިލާތައް ވަޑައިގެން އުޅުއްވަނީ މިދިޔަމަހުގެ ހަވަނަ ދުވަހު އެމަނިކުފާނަށް އަމާޒުކޮށް ދެވުނު ނިރުބަވެރި ހަމަލާއާއި ގުޅިގެން އިތުރު ފަރުވާ ހޯއްދެވުމަށެވެ.