އައްޑޫ ސިޓީއިން މިއަދުވެސް 7 މީހަކު ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީއިން މިއަދުވެސް 7 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ ސިޓީއިން މިއަދު ފެނުނު 7 ކޭސްވެސް ފެނިފައިވަނީ ހިތަދޫއިންނެވެ. އެގޮތުން ހިތަދޫއިން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ކުރީގެ ކޭސްއަކާއި ގުޅިގެން ޑައިރެކް ކޮންޓެކްޓުންގެ ގޮތުގައި ހުރި މީހުންގެ ތެރެއިން ޕޮޒިޓިވްވި 6 މީހަކާއި ރެންޑަމް ސަރވެއިލެންސަށް ނެގި ސާމްޕަލްއަކުން ޕޮޒިޓިވްވި މީހެކެވެ.

އެގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ހިމެނެނީ ހަތަރު ދިވެހިންނާއި ތިން ބިދޭސީންކަމަށްވެސް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މަޢުލޫމާތު ދެއެވެ.

އައްޑޫ ސިޓީގައި މިވަގުތު ހުރި ޕޮޒިޓިވް ކޭސްތަކަށް ބަލާލާއިރު، ހިތަދޫގައި މިވަގުތު ކޮވިޑްގެ 133 އެކްޓިވް ކޭސް އަދި މަރަދޫގައި 4 ކޭސް އުޅޭ ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ. އަދި މިވަގުތު ކޮވިޑްގެ އެކްޓިވް 137 ކޭސް އެސިޓީގައި ހުރިއިރު، އެސިޓީގެ 319 މީހަކުވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި މިބަލީގައި އެސީޓީން ދެމީހަކުވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ