ސޯމާލިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަލް ޝަބާބް އަށް ނިސްބަތްވާ 21 ހަނގުރާމަވެރިންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފިއެވެ.
މިމީހުން މެރުމަށް އަސްކަރީ ކޯޓަކުން ހުކުމްކޮށް މި ހުކުމް ތަންފީޒު ކޮށްފައިވަނީ މިމީހުންނަކީ އަލް ޝަބާބް އަށް ނިސްބަތްވާ ހަނގުރާމަވެރިންކަން ޝަރީއަތުގެ މަޖިލީހަށް ސާބިތުވުމާއި ގުޅިގެންނެވެ. މިމީހުންގެ މައްޗަށް ހުކުމް ތަންފީޒު ކޮށްފައިވަނީ ބަޑިޖަހައިގެންނެވެ.
ސްޓޭޓް ރޭޑިއޯއިން މި ޚަބަރު ރިޕޯޓް ކުރަމުން ބުނެފައިވަނީ، މަރުގެ ހުކުމް ތަންފީޒުކުރި 21 މީހުންގެ ތެރެއިން 18 މީހުންނަކީ 10 އަހަރަށްވުރެ ގިނަ ދުވަސްވަންދެން ސޯމާލިއާގެ އެކިހިސާބުތަކުގައި ބޮން ގޮއްވުމާއި މީހުން މެރުމުގައި ބައިވެރިވެފައިވާ މީހުން ކަމަށެވެ. މީގެކުރިންވެސް ސޯމާލިއާގައި ހަނގުރާމަވެރިންގެ މައްޗަށް މަރުގެ ހުކުމްވަނީ ތަންފީޒު ކޮށްފައެވެ. ނަމަވެސް، މިއީ މިހާގިނަ އަދަދެއްގެ ބަޔެއްގެ މައްޗަށް އެއްފަހަރާ މަރުގެ ހުކުމް ތަންފީޒުކުރި ފުރަތަމަ ފަހަރެވެ.
އަލް ޝަބާބު ހަނގުރާމަވެރިންގެ ތެރެއިން މިހާ ގިނަ އަދަދެއްގެ ބަޔެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރިނަމަވެސް ސޯމާލިއާގައި އަލް ޝަބާބު ހަނގުރާމަވެރިންގެ ބާރު ދުވަހެއް ދުވަހަކަށް އައްނަނީ ގަދަވަމުންނެވެ. މިގޮތުން މި ހުކުމް ތަންފީޒު ކުރެވުނު ދުވަހުވެސް ހަނގުރާމަވެރިން ދިން ހަމަލާއެއްގައި ސޯމާލިއާ ސިފައިންގެ މަދުވެގެން 20 މީހުންވަނީ މަރާލައިފައެވެ.
އަލް ޝަބާބް ހަނގުރާމަވެރި ޖަމާއަތުން އައްނަނީ ސޯމާލިއާގެ ދެކުނުންނާއި މެދުތެރެއިން ބޮޑު ސަރަހައްދެއް ކޮންޓުރޯލް ކުރަމުންނެވެ. އަލް ޝަބާބް ޖަމާއަތަކީ އެމެރިކާއިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ޖަމާއަތެކެވެ.




2 Responses
shabaab group mi rajjeygaves dhanee gadha kuramun.
ފުލުހުން އަވަހަށް މިކަލޭގެ ހަތްޔަރު ކުރޭ! މީނަޔަށް އެބަ އިނގޭ މިތާ އުޅޭ އެ ގްރޫޕް މީހުންތަށް.