ސައުދީގައި އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ދިނުމުގެ ހުއްދަ ދީފި

ސައުދީ އަރަބިއްޔާގައި ފައިޒާ ވެކްސިން ދެވޭ އުމުރުފުރާ އަކީ 12 އަހަރުން މަތީކަމަށް އެގައުމުގެ ސިއްހީ ވުޒާރާއިން އިއްޔެ ކަނޑައަޅައިފިއެވެ.

ޑިސެމްބަރު 2020 ގައި ސައުދީއަރަބިއްޔާގެ ސިއްހީ ވުޒާރާއިން ފައިޒާ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިންއިރު އެ ވެކްސިން ދިނުމަށް ކަނޑައަޅައިފައިވާ އުމުރުފުރާއަކީ 18 އަހަރުން މައްޗެވެ.

މިބަދަލާއެކު ސައުދީއަރަބިއްޔާގެ ބޮޑު އާބާދީއަކަށް ކޮވިޑް ވެކްސިން ދެވިގެންދާނެ ކަމަށް އެގައުމުގެ ސިއްހީ ވުޒާރާއިން ހާމަކުރެއެވެ. ހަމަމިއާއެކު އެ ވުޒާރާއިން ބުނެފައިވަނީ ވެކްސިން ޖެހުމަށް ބޭނުންވާ ފަރާތްތަކުން ސެހަޓީ އަދި ތަވައްކަލްނާ އެޕްލިކޭޝަން މެދުވެރިކޮށް އެކަމަށް އެދުމަށެވެ.

ސައުދީ އަރަބިއްޔާގެ ސިއްހީ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ބުނާގޮތުން 17.2 މިލިއަން މީހުންނަށް މިހާތަނަށް އައިއިރުވަނީ 587 ވެކްސިން ސެންޓަރު މެދުވެރިކޮށް ވެކްސިން ދީފައެވެ. މިއީ އެގައުމުގެ 18 އަހަރުން މަތީ އާބާދީގެ 70 އިންސައްތައެވެ.

މިދިޔަ އާދިއްތަ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވުވެގެން ސައުދީ އަރަބިއްޔާއިން ރިޕޯޓްކޮށްފައިވަނީ 1،218 މީހުންނެވެ. އަދި މިބަލީގައި އެދުވަހު ނިޔާވި މީހުންގެ އަދަދަކީ 15 އެވެ. އެކްޓިވް ކޭހުގެ ގޮތުގައި މިވަގުތު ފަރުވާ ހޯދަމުން އައްނަނީ 11،190 މީހުންނެވެ. މީގެތެރެއިން 1،440 މީހުންގެ ހާލު ސީރިއަސްއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ