ނަފްރަތު އުފެދޭ އެންމެ ބޮޑު އަސްލަކީ ދީނަށް ފުރައްސާރަކުރުން: ޝަހީމް

ދިވެހިރާއްޖޭގައި ދީނާއި ގުޅިގެން ނަފްރަތު އުފެދޭ އެންމެ ބޮޑު އަސްލަކީ ދީނަށް ފުރައްސާރަކުރުން ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ޞައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝާހީމް ވިދާޅުވީ ރާއްޖޭގައި ދީނަށް ފުރައްސާރަ ކުރާ އިރު އެއިން ކަމެއްގައި އެއްވެސް ފިޔަވަޅެއް ނޭޅޭ ކަމަށާއި، ނަމަވެސް ދީނީ ޢިލްމުވެރިޔަކު އޭނާގެ އަށް ފެންނަ ރަޢުޔެއް ބުނުމުން ބިރުދައްކާ ކަންކަން ކުރެވޭކަމަށެވެ.

އެގޮތުން ޑރ. ޝަހީމް ވަނީ ނަފްރަތު ނައްތާލަން ބޭނުންނަމަ އަދުލުވެރިވާންޖެހޭކަމަށް ވިދާޅުވެފައެވެ.

ޝަހީމް މިހެން ވިދާޅުވެފައި މިވަނީ އަންހެނުން ޚިތާނު ކުރުމާއި ގުޅޭ ބަހުސް ގިނަ ބައެއްގެ ސަލާމުކަމަށް އައިސްފައިވާ ދުވަސްވަރެއްގައެވެ.

އެގޮތުން އަންހެނުން ޚިތާނުކުރުމަށް ޑރ. އިޔާޒް ހިތްވަރު ދިންކަމަށްބުނެ އޭނާގެ މައްސަލަ ވަނީ މަޖިލީހަށް ހުށައަޅާފައެވެ. ނަމަވެސް ޑރ. އިޔާޒް ވަނީ އަންހެނުން ޚިތާނު ކުރަން އޭނާ ހިތްވަރު ދީފައި ނުވާނެކަމަށް ވިދާޅުވެފައެވެ.

އަންހެނުން ޚިތާނު ކުރުމުގެ މައްސަލަ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައި މިވަނީ ރައްޔިތުންގެ މަޖިލީހަށް ނަފްރަތުގެ ބިލް ހުށައެޅި އެބިލުގެ މަސައްކަތްތައް ކުރިޔަށް ދާ ދުވަސްވަރެއްގައެވެ.

އެގޮތުން މި ބިލާއި ދެކޮޅާށް ރާއްޖޭގެ 100 އަށް ވުރެ ގިނަ ޢިލްމުވެރިން ވަނީ ރައީސްއަށް ޕެޓިޝަނެއް ހުށައަޅުއްވާފައެވެ. އަދި އެ ބިލް ފާސްވެއްޖެނަމަ މުޅި އިސްލާމީދަޢުވަތަށް ގޮންޖެހުން ކުރިމަތިވެ، އިސްލާމްދީންވެސް ދިވެހިރާއްޖެއިން ފުހެވިގެން ހިނގައިދާނެކަމުގައި ޖަމިއްޔަތުއްސަލަފް އިން ވަނީ ވިދާޅުވެފައެވެ.

ސަލަފްގެ އިތުރުން އެތައް ޖަމިއްޔާތަކަކުންނާއި، ކައުންސިލްތަކުންވެސް ވަނީ މި ބިލާއި ދެކޮޅަށް ބަޔާން ނެރެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ