ސްކާލެޓް ޖޮހޭންސަން ބަނޑުބޮޑު!

ހޮލީވުޑްގެ މަޝްހޫރު ބަތަލާ ސްކާލެޓް ޖޮހޭންސަން އިނީ ފިރިމީހާ ކޮލިން ޖޯސްޓްގެ ފުރަތަމަ ދަރިފުޅަށް ބަލިވެ ކަމަށް ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފިއެވެ.

ސްކާލެޓް އިނީ ފިރިމީހާ ކޮލިން ޖޯސްޓްގެ ފުރަތަމަ ދަރިފުޅަށް ބަލިވެކަމަށް ބޭރުގެ ގިނަ މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން އެމީހުންނާއި ގާތް ގިނަ ފަރާތްތަކަކުން "ޕޭޖް ސިކްސް" އަށް މި ވާހަކަ ކަށަވަރުކޮށްދީފައިވާ ކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

އެގޮތުން ސްކާލެޓް ވަރަށް އަވަހަށް ވިހާނެ ކަމަށްވެސް މަސްދަރަކުން ވަނީ އެ ނޫހަށް މައުލޫމާތު ދީފައެވެ. އަދި އެހެން ފަރާތަކުން ބުނި ގޮތުގައި، މިއޮތްހުރިހާދުހު ސްކާލެޓް އާއި އޭނަގެ ފިރިމީހާ އުޅުނީ ބަނޑުބޮޑުކަން ސިއްރުކޮށްގެންނެވެ.

ސްކާލެޓް ބަނޑުބޮޑުކަމުގެ ވާހަކަ މިދިޔަ ޖޫން މަހު ތެރޭގައިވެސް ދެކެވިފައިވަނީ، އޭނަގެ ކުރިއަށް އޮތް މާވެލްގެ ފިލްމް "ބެލްކް ވިޑޯ"ގެ ގިނަ ޕްރޮމޯޝަނަލް އިވެންޓްތަކަކަށް ނުދިއުމާ ގުޅިގެންނެވެ. އަދި ޑިޒްނީގެ މިހާ ބޮޑު ފިލްމް ޕްރޮމޯޓް ކުރުމަށް އޭނާ މާގިނަ އިންޓަވިއުތަކެއް ނުދިނުމަކީވެސް ސަބަބެއް ކަމަށް ބުނެފައިވެއެވެ. އެގޮތުން ސްކާލެޓް އިވެންޓްތަކާއި އިންޓަވިއުތަކުގައި ބައިވެރިވެފައި ވަނީވެސް އޮންލައިންކޮށެވެ.

ސްކާލެޓް އަށް ދަރިއަކު ލިބެން އުޅޭއިރު، މިއީ އޭނަގެ ދެވަނަ ދަރިފުޅެވެ. އޭނާ މީގެ ކުރިން ކުރި ކައިވެންޏަށް ވަނީ އަންހެން ކުއްޖަކު ލިބިފައެވެ. އެއީ ހަ އަހަރުގެ ރޯޒް އެވެ.

ސްކާލެޓް އާއި ކޮލިން ކައިވެނީގެ ގޮށްޖެހީ ވަރަށް ސިއްރުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ