އައްޑޫ ސިޓީއިން މިއަދުވެސް 7 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އައްޑޫ ސިޓީއިން މިއަދު ފެނުނު 7 ކޭސްގެ ތެރޭގައި ހިމެނެނީ ހިތަދޫއިން ފެނުނު 1 ކޭސް އަދި މަރަދޫއިން ފެނުނު 4 ކޭސްގެ އިތުރުން މަރަދޫފޭދޫއިން ފެނުނު 2 ކޭސްއެވެ. އެގޮތުން ހިތަދޫއިން މިއަދު ފެނުނު ކޭސްއަކީ ކުރީގެ ކޭސްއަކާއި ގުޅިގެން ޑައިރެކް ކޮންޓެކްޓުންގެ ގޮތުގައި ހުރި މީހެކެވެ. އަދި މަރަދޫއިން ދެޑައިރެކްޓް ކޮންޓެކްޓުން ޕޮޒިޓިވްވެފައިވާއިރު ދެން ޕޮޒިޓިވްވި ދެމީހުންނަކީ ރެންޑޮމް ސަވެއިލަންސް ސާމްޕަލްއަކުން ޕޮޒިޓިވްވި 2 މީހުންނެވެ.
މީގެއިތުރުން މަރަދޫފޭދޫއިން ފެނުނު ކޭސްތަކުގެ ތެރޭގައި ހިމެނެނީ ޑައިރެކްޓް ކޮންޓެކްޓަކާއި ރެންޑޮމް ސަވެއިލަންސް ސާމްޕަލްއަކުން ޕޮޒިޓިވްވި މީހެކެވެ.
އައްޑޫ ސިޓީގައި މިވަގުތު ހުރި ޕޮޒިޓިވް ކޭސްތަކަށް ބަލާލާއިރު، ހިތަދޫގައި މިވަގުތު ކޮވިޑްގެ 45 އެކްޓިވް ކޭސް އަދި މަރަދޫގައި 18 ކޭސް އަދި މަރަދޫފޭދޫގައި ތިން އެކްޓިވް ކޭސް އުޅޭ ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.
Addu City Covid-19 case status as of 13th July 2021, 18:00Hrs.#StayHome#WashYourHands#WearAMask pic.twitter.com/zoNTPfb7JT
— Addu Emergency Operations Center (@EOCaddu) July 13, 2021
އަދި އައްޑޫ ސިޓީގައި މިވަގުތު ކޮވިޑްގެ އެކްޓިވް 66 ކޭސް ހުރިއިރު، އެސިޓީގެ 463 މީހަކުވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި މިބަލީގައި އެސީޓީން ދެމީހަކުވަނީ ނިޔާވެފައެވެ.
ކޮވިޑް-19 އަދާހަމަ 13 ޖުލައި 18:00 ގެ ނިޔަލައް!#StayHome #WashYourHands #WearAMask pic.twitter.com/4INCoSDDpJ
— Addu Emergency Operations Center (@EOCaddu) July 13, 2021




