އައްޑޫ ސިޓީއިން މިއަދުވެސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އައްޑޫ ސިޓީއިން މިއަދު ފެނުނު ހަމއެކަނި ކޭސް ފެނިފައިވަނީ މަރަދޫއިންނެވެ. އެގޮތުން އެރަށުން ޕޮޒިޓިވްވެފައިވަނީ ކުރީގެ ކޭސްއަކާއި ގުޅިގެން ޑައިރެކް ކޮންޓެކްޓުންގެ ގޮތުގައި ހުރި މީހެކެވެ.
އައްޑޫ ސިޓީއިން މިއަދު އެކަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އިއްޔެވެސް އެސިޓީން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އެންމެ މީހެކެވެ. އެއީ އެއީވެސް މަރަދޫގައި ކުރީގެ ކޭސްއަކާއި ގުޅިގެން ޑައިރެކް ކޮންޓެކްޓުންގެ ގޮތުގައި ހުރި މީހެކެވެ.
Addu City Covid-19 case status as of 15th July 2021, 18:00Hrs.#StayHome#WashYourHands#WearAMask pic.twitter.com/reId9fMtuv
— Addu Emergency Operations Center (@EOCaddu) July 15, 2021
އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ ހިތަދޫގައެވެ.
އައްޑޫ ސިޓީގައި މިވަގުތު ކޮވިޑްގެ އެކްޓިވް 67 ކޭސް ހުރިއިރު، އެސިޓީގެ 464 މީހަކުވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި މިބަލީގައި އެސީޓީން ދެމީހަކުވަނީ ނިޔާވެފައެވެ. އަދި އެސިޓީން މިހާތަނަށް ބާރަހާހަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާއިރު، ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދަކީ 533 އެވެ.
ކޮވިޑް-19 އަދާހަމަ 15 ޖުލައި 18:00 ގެ ނިޔަލައް!#StayHome#WashYourHands#WearAMask pic.twitter.com/ELmOdmEkPO
— Addu Emergency Operations Center (@EOCaddu) July 15, 2021



