އައްޑޫ ސިޓީއިން އިތުރު 8 މީހަކު ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީއިން އިތުރު 8 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެގޮތުން މިއަދު އެސިޓީއިން ޕޮޒިޓިވްވެފައިވާ 8 މީހުންނަކީވެސް ޑައިރެކް ކޮންޓެކްޓުންނެވެ.

އައްޑޫ ސިޓީއިން މިއަދު ފެނުނު 8 ކޭސްގެ ތެރެއިން 2 ކޭސް ފެނިފައިވަނީ ހިތަދޫއިންނެވެ. އަދި އަނެއް 6 ކޭސް ފެނިފައިވަނީ މަރަދޫއިންނެވެ.

އައްޑޫ ސިޓީއިން މިއަދު ޕޮޒިޓިވް 8 ކޭސް ފެނިފައިވާއިރު، މިދިޔަ ދެދުވަހުވެސް އެސިޓީއިން ޕޮޒިޓިވްވެފައިވަނީ އެންމެ މީހެކެވެ.

ކޮވިޑް-19ގެ އެހެނިހެން ތަފާސްހިސާބުތަކަށް ބަލާއިރު މިއަދު ކޮވިޑް-19 އަށް މުޅި ރާއްޖެއިން ޕޮޒިޓިވުވެފައިވަނީ، 114 މީހުންނެވެ. މުޅިޖުމްލަ މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވުވި މީހުންގެ އަދަދަކީ 75،736 އެވެ. މިވަގުތު ކޮވިޑް-19 އަށް ފަރުވާހޯދަމުން އަންނަ މީހުންގެ އަދަދަކީ 2،578 އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ