އައްޑޫ ލިންކް ރޯޑް - ފޮޓޯ: ދަ ޓުއަރިސްޓް ޕްލޭސް

އައްޑޫ ސިޓީއިން މިއަދު ޕޮޒިޓިވްވީ 2 މީހުން!

އައްޑޫ ސިޓީއިން އިތުރު 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި މިއަދު އެސިޓީއިން ޕޮޒިޓިވްވި 2 މީހުންނަކީވެސް ޑައިރެކްޓް ކޮންޓެކްޓުންނެވެ. އެގޮތުން މިއަދު ފެނުނު ދެކޭސް ފެނިފައިވަނީ ހިތަދޫއިންނާއި މަރަދޫފޭދޫއިންނެވެ.

އައްޑޫ ސިޓީއިން އިއްޔެ ކޮވިޑް-19 ޕޮޒިޓިވް 3 ކޭސް ފެނިފައިވާއިރު، އެ 3 ކޭސްއަކީ ޑައިރެކްޓް ކޮންޓެކްޓުންނެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ ހިތަދޫގައެވެ.

އައްޑޫ ސިޓީއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 540 އިން މަތީގައި އުޅޭއިިރު، 460 އަށްވުރެ ގިނަ މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި މިބަލީގައި އެސީޓީން ދެމީހަކުވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ