ދިވެހި ބަހުގެ އެކެޑަމީގެ އާ ރައީސަކަށް ޑރ. އަޝްރަފް އަބްދުއްރަހީމް، އަދި ނައިބު ރައީސް ރާފިއާ އަބްދުލްގާދިރު އިންތިހާބުކޮށްފިއެވެ.
ބަހުގެ އެކަޑަމީގައި ތިއްބެވި މެންބަރުންގެ 3 މެންބަރުންގެ ދައުރު ހަމަވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިބަހުގެ އެކެޑަމީއަށް 3 މެންބަރަކު އައްޔަންކުރައްވައިފައެވެ.
ބަހުގެ އެކަޑަމީގައި ތިއްބެވި މެންބަރުންގެ ތެރެއިން 2021 އޮގަސްޓް 8 ގައި މެންބަރުކަމުގެ ދައުރު ހަމަވި 3 ބޭފުޅުންނަކީ އަޝްރަފް ޢަލީ އާއި، ރާފިޢާ ޢަބްދުލްޤާދިރު އަދި މުޙައްމަދު ޝާހިދު ޙަލީމެވެ.
އެކެޑަމީއަށް އިއްޔެ އައްޔަންކުރެއްވި ތިން މެންބަރުންނަކީ ޑރ. އަޝްރަފް އާއި، ޅ.ކުރެންދޫ، ނޫރަންގެ ޒުލްފާ އިބްރާހީމާއި، މ.ޑައިމަންޑްވެލީ މުހައްމަދު ޝާހިދު ހަލީމެވެ. މި ތިންބޭފުޅުންގެ ތެރެއިން މުހައްމަދު ޝާހިދު ކުރިންވެސް ހުންނެވީ ދިވެހި ބަހުގެ އެކެޑަމީގެ މެންބަރެއްގެ ގޮތުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ގެންނެވި މި ބަދަލާއެކު މިހާރު ދިވެހިބަހުގެ އެކެޑަމީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
1- ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން، މއ.އުރަހަ،
2- ޢިޔާޒު ޖާދުﷲ ނަސީމް، ދަފްތަރު ނަންބަރު 8255،
3- މުޙައްމަދު ޝާހިދު ޙަލީމް، މ.ޑައިމަންޑްވެލީ،
4- އަޝްރަފް ޢަބްދުއްރަޙިމް، ދަފްތަރު. ނަންބަރު ރސ 1901،
5- ޒުލްފާ އިބްރާހީމް، ޅ.ކުރެންދޫ، ނޫރަންގެ މިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު(9-2011) ގައި ވާ ގޮތުގެމަތިން، ދިވެހިބަހުގެ އެކަޑަމީގެ ރައީސާއި ނައިބުރައީސް ހޮވޭނީ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން، އެކެޑަމީގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.



