ދިވެހިބަހުގެ އެކެޑަމީގެ ރަސްމީ ޓިކްޓޮކް އެކައުންޓް އިފްތިތާހު ކޮއްފި

ދިވެހިބަހުގެ އެކެޑަމީގެ ރަސްމީ ޓިކްޓޮކް އެކައުންޓް އިފްތިތާހު ކޮއްފިއެވެ.

މި ޓިކްޓޮކް އެކައުންޓް އިފްތިތާހު ކޮއްދެއްވީ ދިވެހިބަހުގެ ދުވަހުގެ ހާއްސަ ހަރަކާތެއްގެ ގޮތުން ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީއެވެ.

މިއަދަކީ ދިވެހިބަހުގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރަމުން އަންނަ ދުވަހެވެ. މިދުވަސް ފާހަގަ ކުރުމަށް ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން މިއަދުވަނީ ހާއްސަ ޖަލްސާއެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ދިވެހިބަހުގެ އެކެޑެމީން ކުރިއަށް ގެންދިޔަ ޖަލްސާގައި ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާގެ ވަޒީރު އަލްފާޟީލާ ޔުމްނާ މައުމޫން އަދި ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު ތާރިޤާއި އެ ވުޒާރާގެ ވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިވެހިބަހުގެ އެކެޑެމީންވަނީ ދިވެހިބަސް ޓެކްނޮލޮޖީއާ ރައްޓެހި ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން "އިއްވި ލިޔަނި" "ލިޔަނި އިއްވި" މި ނަމުގައި ޚާއްޞަ އެޕެއްވެސް އިފްތިތާހު ކޮށްފައެވެ.

ދިވެހިބަހުގެ އެކެޑަމީގެ އިތުރުން ރައްޔިތުންގެ މަޖިލީހުންވެސްވަނީ ޓިކްޓޮކް އެޕްލިކޭޝަންގައި އެކައުންޓެއް ހުޅުވައި އެމަޖިލީހުގެ މައުލޫމާތުތައް ފޯރުކޮށްދޭން ފަށައިފައިކަން ފާހަގަ ކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ