އަފްގާންގެ ސަރުކާރުން އަމާން ދީފި

އަފްގާނިސްތާނުގެ ސަރުކާރުން އަމާން ދިނުމަށް ނިއްމާ ވެރިކަމުގެ ބާރުތައް ތާލިބާނުންނާއި ހަވާލުކުރުމަށް ނިންމައިފިއެވެ.

ތާލިބާން ޖަމާއަތުން މިހާރު ވަނީ އެ ގައުމުގެ ވެރިރަށް ކާބުލް އަށް ވަދެފައެވެ.

އަފްޣާނިސްތާންގެ އެކްޓިން އިންޓީރިއަ މިނިސްޓަރު އަބްދުލް ސައްތާރު މިރްޒަކްވަލް ވިދާޅުވީ، ތާލިބާނުންނާއި ވެރިކަމުގެ ބާރުތައް ސުލްހަވެރިކަމާއެކު ހަވާލުކުރުމަށް އެ ޖަމާއަތުގެ ލީޑަރާއެކު އަފްގާންގެ ސަރުކާރުން މަޝްވަރާ ކުރަމުންދާކަމަށެވެ. އަދި ކާބުލް އަށް ހަމަލާ ނުދޭނެކަމުގެ ޔަޤީންކަން ވެސް އޭނާ ވަނީ ދީފައެވެ.

އަފްގާންގެ ވެރިރަށް ކާބުލްއަށް ތާލިބާނުންގެ ހަނގުރާމަވެރިން ވަދެ، ސުލްހަވެރިކަމާއެކު ބާރުތައް ދިނުމަށް އެ ޖަމާއަތުން ވަނީ ގޮވާލައިފައެވެ.

ކާބުލް ދޫކޮށް ދިއުމުގެ މަސައްކަތް އަފްޣާނުގެ ގިނަ ރައްޔިތުންތަކެއް ވަނީ ފަށައިފައެވެ. އަދި އެކަމުގެ ސަބަބުން މަގުުތައް ވަނީ ކާރުން ފުރި ތޮއްޖެހިފައެވެ.

ތާލިބާނުން ސިޓީގެ ގޭޓުގައި ގާޑުކޮށްގެން ތިބިއިރު، އެއްވެސް ހަމަލާއެއް ނުދިނުމަށާއި، އަދި ކާބުލް ދޫކޮށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ. ނިއުސް އޭޖެންސީ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މަގުތަކުގައި ހެދިފައިވާ ބޮޑު ކިއުގެ ސަބަބުން ބައެއް މީހުން ވަނި އެމީހުންގެ އުޅަނދު ދޫކޮށް، ފައި މަގުގައި އެއާޕޯޓަށް ދިއުމުށް މިސްރާބު ޖަހައިފައެވެ.

(ތަފްސީލު އަންނަނީ)

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ