ގެއަކަށް ފިރިހެނަކު ވަދެ އަންހެނަކާ މާރާމާރީ ހިންގައިފި

މާލޭ ގެއަކަށް ފިރިހެނަކު ވަދެ އެގޭގެ ތަކެއްޗަށް ގެއްލުންދީ މާރާމާރީ ހިންގައިފިއެވެ.

މި ހާދިސާ ހިނގީ ރޭގެ ވަގުތެއްގައެވެ. ފުލުހުން ވިދަޅުވީ، މި ފަދަ މައްސަލަ އެއް ރޭ 20:14 ހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފިރިހެން މީހާ އެގެއަށް ވަދެ އެގޭގެ ތަކެއްޗަށް ގެއްލުންދީ މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރާއިރު، އެ ފިރިހެން މީހާ އަށާއި އަދި އެގޭގައި ހުރި އަންހެނަކަށް ކުދި އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. ނަމަވެސް މައުލޫމާތު ލިބޭގޮތުން އެ ފިރިހެން މީހާ ވަނީ އެގެއަށް ވަދެ އެ އަންހެން މީހާ އަށާއި އަދި އޭނަގެ ކުޑަ ދަރިންނަށް އަނިޔާކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހާކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީގުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ