މަލިކު ޝާން އަކީ ދިވެހިންނަށް އާ ނަމެއް ނޫނެވެ. މީގެ ކުރިން ރާއްޖެއައިސް ދިވެހި ލަވަތައްވެސް ރެކޯޑު ކޮށްފައިވާ ޝާން އަކީ މަލިކުގައި މަޝްހޫރު ލަވަކިޔުންތެރިއެކެވެ. އެގޮތުން އޭނާގެ އަޑުން ކިޔާ، ރިލީޒްކުރާ ވީޑިއޯ ލަވަތައް އެންމެ މަޤްބޫލީވެސް ދިވެހިންގެ ތެރޭގައެވެ.
މިިހާރުވެސް ދިވެހިންގެ ތެރޭގައި އެންމެ ވައިރަލް ވަމުން އަންނަނީ އާރްބީއައި މަލިކު ސްޓޫޑިއޯއިން މި މަހުގެ 18 ވަނަ ދުވަހު ޔޫޓިއުބްގައި ރިލީޒްކުރި މަލިކު ޝާންގެ ލަވަ "އިހު އިސްކޯލަށް" މި ލަވައެވެ.
ދިވެހިންގެ ތެރޭގައި "އިހު އިސްކޯލަށް" ވައިގައި ހިފާލައިފައިވާއިރު، މީސްމީޑީއާގައި ގިނަ ދިވެހިން އަންނަނީ މި ލަވަ ޝެއާ ކުރަމުންނެވެ. ޝާން ކިޔައިފައި މި ލަވަ އަޑުއަހާލަން އެހާމެ ހިތްގައިމު އިރު، މި ލަވައިގެ ވީޑިއޯގައި ފެނިގެންދަނީ ޝާންގެ އިތުރުން، މަލިކުގެ އަންހެން ފަންނާނެއް ކަމުގައިވާ ސަބްރީނާ ތާޖްއެވެ.
މި ލަވައިގައި ސަބްރީނާގެ ފަރި ނެށުމުގެ ހަރަކާތްތައްވެސް ފެނިގެންދާއިރު، އެންމެ ފާހަގަކޮށްލެވުނީ ލަވަ ފެށިގެން ނިމެންދެންވެސް ފެނުނު ސަބްރީނާގެ ފަރި ހިނިތުންވުމުންނެވެ.
"އިހު އިސްކޯލަށް"ގެ ލިރިކްސް އަށް ބަލާއިރު، މި ލަވައިގައި ކިޔައިދެނީ ފިރިހެން ކުއްޖަކު އަންހެން ކުއްޖެއްގެ ލޯބި ކާމިޔާބު ކުރަން މަސައްކަތާއި، އެ އަންހެން ކުއްޖާއަށް ކުރާ ތައުރީފެވެ. އެގޮތުން "އިހު އިސްކޯލަށް" ނުވަތަ ކުރީގެ ސްކޫލު ދައުރުވެސް އަންހެން ކުއްޖާ ފެނި ހިތް ދެވުނު ވާހަކަ ކިޔައިދެއެވެ.
މަލިކުގެ ބަހާއި އެމީހުންގެ ސަގާފަތަކީ ދިވެހިރާއްޖޭގެ ސަގާފަތާއިވެސް ދާދި އެއްގޮތް ސަގާފަތެކެވެ. މަލިކު މީހުން ވާހަކަ ދައްކާ އުޅޭ ގޮތާއި، ހެދުން އެޅުމާއި، އަދި ކުރާ މަސައްކަތްތައްވެސް ދިވެހިންނާއި ދާދި އެއްގޮތެވެ.




3 Responses
މަލިކު ލަވަ ވަރަށް ރީތި މިލަވަ ހަޑި
މަލިކުލަވަތައް. މަށައްވަރައްރީތަ
އިސްކޫލަށް ދާތަން ފެނެޔޯ، ކޮން އިސްކޯލެއް ދިވެހިން މިކިޔަނީ