އަފްޣާނިސްތާންގެ ވެރިވަރަށް ކާބުލްގެ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭރުގައި މިރޭ ދިން ދެ ބޮމުގެ ހަމަލާގައި 60 ހާ މީހުން މަރުވެ ޒަހަމްވެފައިވާ މީހުންގެ އަދަދު 140 އިން މައްޗަށް އަރާނެ ކަމަށް ކާބުލްގެ ސިއްހީ އޮފިޝަލުން ބުނެފިއެވެ.
މިދިޔަ ހަފްތާގައި ތާލިބާން ޖަމާއަތުން އަފްގާންގެ ވެރިރަށް ކާބުލް އެމީހުންގެ ބާރުގެ ދަށަށް ގެނައުމާއެކު ގައުމުގައި އުޅެން ބޭނުންނުވާ ކަމަށް ބުނެ އެތައް ހާސް ބަޔަކު އަންނަނީ ރެޔާއި ދުވާލު ކާބުލްގެ މައި އެއާޕޯޓަށް ޖަމާވަމުންނެވެ. އަދި އެފްގާނިސްތާނުގެ ކާބުލް އެއާޕޯޓުން އެމެރިކާގެ އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓުތައް މެދުވެރިކޮށް އެމެރިކާގެ ރައްޔިތުން އަފްގާނުން ބޭރުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ އެއާޕޯޓު އޮތީ އެމެރިކާ މިލިޓަރީގެ ބާރުގެ ދަށުގައެވެ.
މިރޭ އެއާޕޯޓު ސަރަހައްދުގައި ދެ ބޮން ގޮއްވާލިއިރު، މި ހަމަލާތައް ދީފައި ވަނީ ޓެރަރިސްޓް ގްރޫޕް އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ފަރާތުން ޓެރަރިސްޓު ހަމަލާއެއް އައިސްފާނެ ކަމަށް ހުޅަނގުގެ ގައުމުތަކުން އިންޒާރު ދީފައިވަނިކޮށެވެ. އެގޮތުން ހުޅަނގުގެ ގައުމުތަކުގެ ރައްޔިތުން ގާތު އެއާޕޯޓާއި ދުރުގައި ތިބުމަށް ގައުމުތަކުން ވަނީ އެދިފައެވެ. ބޮމުގެ ހަމަލާ ދިނީ އޭގެ ގަޑިއިރެއްހާ ފަހުންނެވެ.
ކާބުލްގެ މައި އެއާޕޯޓާއި ކައިރި ސަަރަހައްދަކުން ފުރަތަމަ ބޮން ގޮއްވާލައިފައިވަނީ އެގައުމުގެ ގަޑިން ހަވީރު 18:00 ހާއިރުއެވެ. އަދި ބަޑީގެ ހަމަލާތަކަކަށްފަހު، ދެވަނަ ބޮން ގޮއްވާލީ އެއާޕޯޓަށް ވަންނަ މައި ދޮރާއްޓަކާއި ކައިރިންނެވެ. ދެވަނަ ބޮން ގޮއްވާލީ މީހެއްގެ ހެދުމުގައި ބޮން ހަރުކޮށް ޖާނުން ފިދާވެގެން ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ވަނީ ރިޕޯޓުކޮށްފައެވެ.
މި ހަމަލާގައި މަރުވި މީހުންގެ އަދަދު 60 އަށް އަރާކަމަށް ރިޕޯޓުކޮށްފައިވާއިރު، މަރުވި މީހުންގެ ތެރޭގައި 12 ވަރަކަށް އެމެރިކާ ސިފައިން ހިމެނޭ ކަމަށް ބީބީސީ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ. މި ހަމަލާއާއެކު އެމެރިކާ ސިފައިން ވަނީ އެތަން ދޫކޮށް ދިއުމަށް މީހުންނަށް ގޮވާލައިފައެވެ.
އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓުތައް މެދުވެރިކޮށް ވައިގެ މަގުން މީހުން އަފްގާންއިން ބޭރުކުރުމުގެ މަސައްކަތް ކުރިއަށް ދާނީ މި މަހުގެ 31 ގެ ނިޔަލަށް ކަމަށް ޖޯ ބައިޑަން ވަނީ ހާމަކުރައްވައިފައެވެ. ނަމަވެސް މި މުއްދަތު އިތުރުކުރުމަށް އެކި ގައުމުތަކުން އަންނަނީ ގޮވާލައިފައިވާއިރު، ތާލިބާނުން ވަނީ އިތުރު ކޮށްފިނަމަ މަސްރަހު ގޯސްވާނެ ކަމަށް ބުނެފައެވެ.
یک انفجار در نزدیک میدان هوایی کابل رخ دادهاست. تاکنون چندین از زخمیان این رویداد، برای درمان به شفاخانه ایمرجنسی، انتقال یافتهاند. pic.twitter.com/6EEJ1weBej
— TOLOnews (@TOLOnews) August 26, 2021




ހިޔާލު
mihaaru aslu thithanun ragalhu bayakee goas bayakee kobaatha….?