އައްޑޫގެ ހަތަރު އަވަށެއް މޮނިޓަރިންއަށް ލައިފި

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތައް ފެނި އައްޑޫ އަތޮޅުގެ ހަތަރު އަަވަށެއް އަނެއްކާވެސް މޮނިޓަރިންއަށް ލައިފިއެވެ.

އައްޑުއަތޮޅުން މޮނިޓަރިންއަށް ލައިފައިވާ ހަތަރު ރަށަކީ، ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫއެވެ. މީގެ ކުރިންވެސް އައްޑޫ ސިޓީ ވަނީ ގިނަ ދުވަސްތަކެއް ވަންދެން މޮނިޓަރިންގެ ހާލަތުގައި އޮވެފައެވެ.

އެއާއެކު މިއަދު އެކަނިވެސް ޕޮޒިޓިވް ކޭސްތައް ފެނިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން 9 ރަށެއް މިވަނީ މޮނިޓަރިންއަށް ލައިފައެވެ. މިއަދު  ވ. ތިނަދޫ އާއި އއ. މަހިބަދޫ،  ށ. ކަނޑިތީމު، ހދ. ނޮޅިވަރަމް އަދި މ. ވޭވަށް ވެސް ވަނީ މޮނިޓަރިން އަށް ލައިފައެވެ.

އަދި އެއާއެކު މި ވަގުތު 25 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

މި ނުވަ ރަށުގެ އިތުރުން މި މަހު މޮނީޓަރިން އަށް ލައިފައިވާ ރަށްތަކުގެ ތެރެއިން މިވަގުތު މޮނިޓަރިންގައި އޮތް ރަށްތަކަކީ، އއ. ހިމަންދޫ، އދ. ހަންޏާމީދޫ، ހއ. އިހަވަންދޫ، ގއ. ކަނޑުހުޅުދޫ، މ. މަޑުއްވަރީ، ކ. ގާފަރު، އަދި ޏ. ފުވައްމުލައް، ގދ. ގައްދޫ، ގދ. މަޑަވެލި، ތ.ވޭމަންޑޫ، ލ. މުންޑޫ، އަދި ށ. މިލަންދޫއެވެ.

އޭގެ އިތުރުން މިދިޔަ ޖުލައި މަހު މޮނީޓަރިންއަށް ލީ ރަށްތަކުގެ ތެރެއިން، ކ. ކާށިދޫ، ށ. ފީވަށް، އަދި ދ. ކުޑަހުވަދޫ އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. އަދި މިދިޔަ މެއި މަހު ގެ 25 ގައި އެޗްޕީއޭ އިން ބަންދުކުރި ރ. ދުވާފަރުވެސް އޮތީ މޮނީޓަރިން ގައެވެ.

ކޮވިޑް-19 ގެ ހާލަތު މިވަގުތު ކޮންޓްރޯލް ކުރެވިފައި އޮތްނަމަވެސް، އަތޮޅު ތެރޭގެ ރަށްތަކުން ޕޮޒިޓިވް ކޭސްތައް ފެންނަމުންދާލެއް އަންނަނީ އިތުރުވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ