ވެލާނާ ބިލްޑިންގައި ހުންނަ ޓުއުރިޒަމް މިނިސްޓްރީ ތެރެއިން ގޮތް ނޭނގޭ ޕެކޭޖެއް ލިބިގެން، އެމްއެންޑީއެފްގެ ބޮން ސްކޮޑުން ހަރަކާތްތެެރިވާން ފަށައިފިިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ޓުއުރިޒަމް މިނިސްޓްރީ ތެރެއިން ގޮތް ނޭނގޭ އެއްޗެއް ފެނިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މިކަމާއި ގުޅިގެން ސިފައިން ވަނީ ޓޫރިޒަމް މިނިސްޓްރީގެ އޮފީހުން މުވައްޒަފުން ނެރެ ހުސްކޮށްފައެވެ. މިއީ ގޮތް ނޭންގޭ ޕްކޭޖްތައް ލިބުމުން އަމަލުކުރުމަށް އޮންނަ އުސޫލުން ސިފައިން އަމަލުކުރަމުން އަންނަ ގޮތެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް އެމްއެންޑީއެފް އިން އަދި ހިއްސާއެއް ނުކުރެއެވެ.
މިގޮތަށް ހަވާލުކުރާ ގޮތް ނޭނގޭ ތަކެއްޗާއި ހަވާލު ނުވުމަށް އޮފީސްތަކަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.




