އެމެރިކާއިން އަފްޣާން އަށް ދިން ޑްރޯން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް އަށް އެމެރިކާއިން ދިން ދެވަނަ ޑްރޯން ހަމަލާގައި އަފްޣާންގެ އާންމުންގެ ބަޔަކު މަރުވިއިރު، އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

އަލްޖަޒީރާ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އިއްޔެ އެމެރިކާއިން ދިން ޑްރޯން ހަމަލާގައި އަފްޣާންގެ ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 3 ކުޑަކުދިން ހިމެނޭ ކަމަށް ވިޓްނަސް އެއް ބުނެފައިވާ ކަަމަށް ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

އަލްޖަޒީރާ ނޫހުން ބުނީ، އެމެރިކާއިން ޑްރޯން ބޭނުންކޮށްގެން ފުރަތަމަ ހަމަލާދިނީ އެއާޕޯޓު ކައިރިއަށް ދަތުރުކުރި ކާރަކަށް ކަމަށެވެ. އެ ކާރަކީ އަފްޣާންގެ އިސްލާމިކް ސްޓޭޓް ބްރާންޗް، އައިއެސް ގްރޫޕުން ބޮން ހަރުކުރުމަށްފަހު، އެއާޕޯޓާއި ދިމާލަށް ދުއްވަމުން ދިޔަ ކާރެއް ކަމަށް އެމެރިކާގެ އޮފިޝަލަކު ވަނީ ބުނެފައެވެ. އަދި އެ ކާރަށް ހަމަލާދިނުމުގެ ސަބަބުން އެއާޕޯޓުގައި އަނެއްކާވެސް ބޮން ގޮވުމުގެ ހާދިސާއެއް ހިނގުމުން ހުރަސްއެޅުވުނު ކަމަށް އެމެރިކާއިން ބުންޏެވެ.

ނަމަވެސް މީސްމީޑިއާގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި، މި ހަމަލާގެ ސަބަބުން ވަނީ އަފްޣާންގެ އާއްމުންގެ ބަޔަކު މަރުވެފައެވެ. އަދި ހަމަލާގައި ކުޑަކުދިންވެސް ވަނީ މަރުވެފައެވެ.

މިކަމާއި ގުޅިގެން އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ސްޕޯކްސްޕާސަން ބުނީ، މި ހަމަލާގައި އަފްޣާންގެ އާއްމުންގެ ބަޔަކު މަރުވި ކަމުގެ ރިޕޯޓުތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ހަމަލާ އަމާޒުކުރި ކާރުގައި ފުރާ ގޮވާ ޒާތުގެ ބާރުގަދަ ތަކެތި ހުރުމުގެ ސަބަބުން، ބޮޑު ގޮވުމެއް ގޮވާ ކައިރީގައި ހުރި ސަރަހައްދުތަކަށް އޭގެ އަސަރުކޮށް އިތުރު ބަޔަކު މަރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މިކަން ހިނގިގޮތް އަދި ސާފުނުވާކަމަށާއި، ނަމަވެސް މިހާރު ހަގީގަތް ސާފުކުރުމަށް އިތުރު ތަހުގީގުތަށް ފަށައިފައިވާ ކަމަށް އެމެރިކާއިން ބުންޏެވެ. އަދި ކުށެއް ނެތް ފުރާނައެއް

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތުގެ ގޮފި ކަމުގައި ޗާ އިސްލާމިކް ސްޓޭޓް އިން ހުރާސާން ޕްރޮވިންސް (އައިސިސް-ކޭ) އިން މި މަހު 26 ވަނަ ދުވަހު ކާބުލްގެ އެއާޕޯޓު ސަަރަހައްދުގައި ދިން ދެ ބޮމުގެ ހަމަލާގައި 170 އެއްހާ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި އެމެރިކާގައި ހަރަކާތްތެރިވާ 13 މިލިޓަރީ ސިފައިންވެސް ހިމެނެއެވެ.

އެމެރިކާ ސިފައިން މަރުވުމުން ޖޯ ބައިޑަން ވަނީ އައިއެސް ޖަމާއަތުގެ ކިބައިން ބަދަލު ހިފާނެ ކަމަށް ބުނެފައެވެ. އެގޮތުން މީގެ ކުރިންވެސް ޑްރޯން ހަމަލާތަކެއް ދީ އައިއެސްގެ މީހެއްކަމަށް ބެލެވޭ މީހަކު އެމެރިކާއިން ވަނީ މާރާލައިފައެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމުގެ އެންމެ ފަހު މަރުހަލާ މިހާރު ކުރިއަށްދާއިރު، އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެމެރިކާ ސިފައިން އެއްކޮށް ބާލާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ