ފޮޓޯ: ރާއްޖެއެމްވީ

މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު އައިސްފި

މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ މިންވަރަށް ބަދަލު އައިސްފި އެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއަހަރުގެ އޮގަސްޓް 20 އިން ފެށިގެން މުދަލުޒަކާތް ވާޖިބުވާ ނިޞާބަކީ 6878.20 ރ. (ހަހާސް އަށްސަތޭކަ އަތްދިހަ އަށް ރުފިޔާ ވިހި ލާރި) ކަމަށެވެ.

ކުރިން މުދަލުގެ ޒަކާތުގެ ނިޞާބުގެ ގޮތުގައި މި އަހަރުގެ އޭޕްރީލް މަހު ފުރަތަމަ ކަނޑައެޅި ނިސޯބަކީ 6961.50ރ. އެވެ.

ޒަކާތަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ތިންވަނަ ރުކުނެވެ. އަދި އެއީ ތަނަވަސްކަމާއި މުއްސަދިކަމުގެ އަހުލުވެރީންގެ ކިބައިން ފަޤީރުންނަށާއި، ނިކަމެތީންނަށް ލިބިދޭ ޙައްޤެކެވެ.

ނިޞާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުމަކީ ދީނީ ގޮތުން ވާޖިބެކެވެ.

2016 ވަނަ އަހަރުގެ ޖޫން 1 އިން ފެށިގެން، މުދަލު ޒަކާތް ބަލައިގަންނަނީ ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ