އައްޑޫގެ ކާފިއު މުއްދަތު އިތުރު ކޮށްފި

ކޮވިޑް-19 ގެ ހާލަތު އައްޑޫ ސިޓީގައި އަނެއްކާވެސް ވަރަށް ބޮޑަށް ގޯސްވުމާއެކު އިއުލާންކޮށްފައިވާ ކާފިއުގެ މުއްދަތު އިތުރު އެއް ހަފްތާއަށް ދައްމާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫސިޓީގައި ބަލީގެ ހާލަތު އޮތް ގޮތުން ކާފިއުގެ މުއްދަތު އިތުރު އެއް ހަފްތާއަކަށް ދަންމާލުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

އައްޑޫގައި ކާފިއު ހިންގަމުން އަންނަނީ ރޭގަނޑު 9 އިން ފެށިގެން ފަތިހު 4:00 އަށެވެ.

އައްޑޫގައި ކާފިއު އުވާނުލުމަށް ނިންމިނަމަވެސް، އެޗްޕީއޭގެ ހުއްދައާއެކު އައްޑޫގެ ސްކޫލްތައް މާދަމާ ހުޅުވުމަށް ނިންމައިފައިވާ ކަަމަށް ސިޓީ ކައުންސިލުން މިއަދު ވަނީ އިއުލާންކޮށްފައެވެ.

އައްޑޫގައި ކާފިއު ހިންގާ ވަގުތުގައި، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނިކުތުން ވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑޫ 12:00 އާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ފިޔަވާ، ކެފޭ ރެސްޓޯރެންޓް ތަކުންވެސް ހިދުމަތް ދިނުމް މަނަލެވެ. އެވެ. އަދި ފިހާރަތައް ރޭގަނޑު 9 ގެ ނިޔަލަށް ހުޅުވާފައި ބެހެއްޓޭއިރު ހުއްދައާއެކު 10 ޖެހުމާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ.

އައްޑޫގެ ކޮވިޑް ހާލަތަށް ބަލާއިރު، އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު އުޅެނީ 200 އިން މަތީގައެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މިއަދު އައްޑޫން ޕޮޒިޓިވްވެފައި ވަނީ 9 މީހުންވެ،

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ ކޭސް އުޅެނީ 100 އިން މަތީގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ