ދެކުނުގެ ރަށެއްގައި ޓީޗަރަކު ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ބައެއް ދިވެހި މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މިފަދަ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި ޓީޗަރު ހުރީ 30 ދުވަހުގެ ސަސްޕެންޝަންއެއްގަިއ ކަމަށާއި، މައްސަލަ މިހާރު ދަނީ ބަލަމުން ކަމަށް މައުލޫމާތު ދިނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިންސީ ގޯނާ ލިބިފައިވަނީ ގްރޭޑް 10 ގައި ކިޔަވަމުން އައި ދަރިވަރަކަށެވެ. އަދި އެ ދަރިވަރަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވެނީ އިންޑިއާ ޓީޗަރަކަށެވެ.
މި މައްސަލައާއި ގުޅިގެން ސުވާލުކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ނީ ދެކުނުގައި ހިމެނޭ ރަށެއްގައި 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު އެއިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުޤީގުކުރަމުންދާ ކަމަށެވެ.





ހިޔާލު
Maduvvarre rape ga ulhey kamah bunaameehaa adhives huree hevidhilifa. Eiee hama rapisteh