21 އަހަރަށްފަހު ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ރީބްރޭންޑްކޮށް، އެ ކުންފުނީގެ އައު ލޯގޯ އާއި ޝިއާރު އިފްތިތާހުކޮށްފި އެވެ.
އެފްއެސްއެމް ރީބްރޭންޑްކޮށް، އައު ލޯގޯ އާއި ޝިއާރުގެ އިފްތިތާހުކުރުމަށް ރޭ ވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ހަފްލާގައި ކުންފުނީގެ އައު ލޯގޯ އިފްތިތާހުކޮށްދެއްވީ ޕްލޭނިން, ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.
2000 ވަނަ އަހަރު ވުޖޫދުވި އެފްއެސްއެމްގެ 21 އަހަރުވީ ލޯގޯ ބަދަލުކޮށް އެކުންފުނީގެ އައު ލޯގޯ އިފްތިތާހުކުރުމާއެކު، ކުންފުނީގެ ރަސްމީ ކުލަ އޮރެންޖު ކުލައަށް ވަނީ ބަދަލުކޮށްފައެވެ. އެއާއެކު އެ ކުންފުނީގެ މުވައްޒަފުންގެ ޓީޝާޓާއި ޔުނީފޯމު ވެސް ވަނީ އޮރެންޖް ކުލައަށް ބަދަލުކޮށްފައެވެ.
#NewProfilePic pic.twitter.com/CyecMFSn1i
— FSM (@FuelSuppliesMv) December 18, 2021
މީގެ އިތުރުން އަލަށް އިފްތިތާހުކުރެވުނު ލޯގޯއާއެކު އެ ކުންފުނީގެ މިހާރުގެ ޝިއާރަކީ، ""ފިއުލިން ދަ ނޭޝަން" އެވެ. އަދި އާ ލޯގޯ ހިމެނޭ ކުންފުނީގެ ދިދަވެސް އެފްއެސްއެމް އިން މިއަދު ވަނީ ދައްކާލައިފަ އެވެ.
އެފްއެސްއެމްގެ އައު ލޯގޯއަށް ބަލާއިރު، ލޯގޯގެ ޑިޒައިނާއި ކުލަތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެފްއެސްއެމްގެ އައު ލޯގޯގެ ބައްޓަމުން ރަމްޒުކޮށްދެނީ ހައިޑްރޯ ކާބަންގެ ކެމިކަލް ކޮންޕައުންޑްގެ ބައްޓަމެވެ. ލޯގޯއިން ފެންނަ ނޫކުލައިން ރަމްޒުކޮށްދެނީ ދިވެހިރާއްޖޭގެ މާކަނޑުތަކެވެ. އޮރެންޖް ކުލައިން ރަމްޒްކޮށްދެނީ ތެލުގެ ބާވަތްތަކެވެ. އަދި ހުދު ރޮނގުތަކުން ރަމްޒުކޮށްދެނީ މާސިންގާ ކަނޑުގައި ވިއްސާރައަކަށް އަތްވަކަށް ބެލުމެއްނެތި ރެއާއި ދުވާލު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް އެފްއެސްއެމްއިން ކުރާ މަސައްކަތެވެ.
Raising our new flag at all our sites. ????????#FuelingTheNation #MulhiDheebahHakatha pic.twitter.com/EUwMD0CP0y
— FSM (@FuelSuppliesMv) December 19, 2021
އެފްއެސްއެމްގެ އައު ލޯގޯ ފަރުމާ ކޮށްފައި ވަނީ އެ މަސައްކަތުގެ ބިޑު ކާމިޔާބު ކުރި ޕަބްލިސިޓީ ބިއުރޯއިން އެވެ.




