މަހުމޫދު މަރާލިކަމަށް އެއްބަސްވެފައިވާ ރި ޝާ އަލޮމް މިއާ (ސާލިމް)-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަހްމޫދުގެ މަރު: ސާލިމުގެ ޝަރީއަތް ކެންސަލްކޮށްފި

އދ. ދަނގެތީގައި ގައި އަނިޔާވެރިގޮތަކަށް މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު މަހްމޫދު އަބޫބަކުރު  މަރާލިކަމަށް އެއްބަސްވެފައިވާ ބިދޭސީ މީހާ، ޝާ އަލޮމް މިއާ (ސާލިމް)ގެ ގެ މައްޗަށް އުފުލި ދެ ދައުވާގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.

މަހުމޫދު މަރާލި މައްސަލައިގައި ދައުވާ ލިބޭ ސާލިމްގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި ސާލިމްގެ ޝަރީއަތް ފެށުމަށް ތާވަލުކޮށްފައި އޮތީ މިއަދު ހެނދުނު 10:30 ގައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިއަދު ބުނީ ދެ ދައުވާގެ ޝަރީއަތް ވެސް ކެންސަލްކޮށްފައިވާ ކަމަށެވެ. ކެންސަލު ކުރި ވަކި ސަބަބެއް ހާމައެއްނުކުރެ އެވެ.

މަހުމޫދުގެ މަރުގެ ތަހުގީގުގެ އިތުރު މައުލޫމާތު ހާމަކުރަން މި މަހުގެ ދެވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ސާލިމް ހައްޔަރު ކުރުމަށްފަހު ނެދުންގެ ފުލުހުން ބަލާ ފާސްކުރިއިރު،  މަހުމޫދުގެ އަތުގައި އެވަގުތު އޮތް ބައެއް ތަކެތި އަދި މަރާލި އިރު ސާލިމް ލައިގެން ހުރި ބައެއް އަންނައުނުވެސް ފެނިފައިވާ ކަމަށެވެ. އެތަކެތި ވަޅުލައިފައި އޮތީ ނެދަންގެ ތެރޭގައެވެ.

ފުލުހުން ބުނީ، މަހުމޫދު މަރާލި ރޭގެ 09:5 ހާއިރު ސާލިމް މަހުމޫދުގެ ފޯނަށް ގުޅިކަމަށާއި، އަދި މަހުމޫދާއި ބައްދަލުކުރުމަށް ސާލިމް ދިޔަ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ދެމީހުން އެކުގައި ހިނގައިފައި ގޮސް، "ނެދުންގެ" އަށް ވަނީ ދެމީހުން އެކީގައި ކަމަށާއި، އެ ގެއަށް ވަނުމާއެކު ސާލިމް މަހުމޫދަށް ފުރަތަމަ ހަމަލާދިން ކަން ތަހުގީގުން އެނގޭ ކަމަށް ފުލުހުން ބުންޏެވެ.

އަދި ހަމަލާދިނުމަށްފަހު މަހުމޫދުގެ ހަށިގަނޑު ގާތްގަނޑަށް 5 ގަޑިއިރު ވަންދެން "ނެދުން" ގޭގައި އޮތް ކަމަށާއި، އަދި އެ ފަސް ގަޑިއިރު ތެރޭ މަހުމުދުގެ ހަށިގަނޑަށް ތިން ފަހަރެއްގެ މަތިން ހަމަލާ ދިން ފާހަގަކުރެވިފައި ވާކަމަށް ފުލުހުން ބުނެފައިވެ އެވެ

ފުލުހުން ފާހަގަކުރި ގޮތުގައި، މަހުމޫދު މަރާލުމަށް ތިން ހަތިޔާރެއް ބޭނުން ކޮށްގެން ސާލިމް ވަނީ މަހުމޫދަށް އަނިޔާކޮށްފަ އެވެ. އެގޮތުން ހަށިގަނޑުގެ ތިރީހަށްވުރެ ގިނަ ތަންތަނަށް ތޫނުއެއްޗެހި ބޭނުންކޮށްގެން ހަމަލާދީފައިވާއިރު، އޭނާ މަރާލައިފައި ވަނީ ގިނަ އަނިޔާތަކެއް ދިނުމަށްފަހު ކަން ތަހުގީގުން އެނގޭ ކަމަށް ފުލުހުން ބުންޏެވެ. އަދި އަނިޔާދެމުން ގޮސް މަރުނުވާހެން ހީވީމަވެސް އަނިޔާކުރިކަން ފުލުހުންގެ ތަހުގީގުން ހޯދިފައިވާކަން ފާހަގަކުރި އެވެ.

މީގެ އިތުރުން އެރޭގެ ދަންވަރު ގާތްގަނޑަކަށް 02:00 އާއި 03:00 އާއި ދޭތެރޭ މީހަކު މަގުމަތިން ކޮނޑުމައްޗަށް އެއްޗެއް ލައިގެން ދާ މަންޒަތު ވީޑިއޯ ފޫޓޭޖު ތަކުން ފެންނަ ކަމަށް ފުލުހުން ބުންޏެވެ. އެއީ މަހްމޫދުގެ ހަށިގަނޑު ޝާހު އާލަމް ކޮނޑަށް ލައިގެންދާ މަންޒަރު ކަމަށް ފުލުހުން ފާހަގަކުރި އެވެ.

ފުލުހުން ބުނީ، މަހުމޫދު މަރާލުމުގައި ސާލިމް ފިޔަވައި އެހެން އެއްވެސް މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުފެންނަ ކަމަށް ތަހުގީގުން ހޯދިފައިވާ ކަމަށެވެ. އެގޮތުން އެރޭ 02:00 އާއި 03:00 ދޭތެރޭ ޝައްކު ކުރެވޭ އިތުރު އެއްވެސް ކަމެއް ނުހިނގާ ކަމަށް ވީޑިއޯ ފޫޓޭޖުތަކުން އެނގޭ ކަމަށް ފުލުހުން އިތުރަށް ބުންޏެވެ.

ސާލިމް މަހުމޫދު މަރާލިކަމަށް ފުލުހުންގެ ތަހުގީގުގައިވެސް އެއްބަސްވެ، ކޯޓަށް އިއުތިރާފުގެ ބަޔާނެއް ދީފައިވާކަމަށް ފުލުހުން މިއަދު ބުންޏެވެ. އަދި ތަހުގީގުން އެނގޭ ގޮތުގައި، މަހުމޫދު މަރާލުމުގައި ހަރަކާތްތެރިވީ ސާލިމް އެކަނި ކަމަށާއި، އިތުރު ބަޔަކު މިކަމުގައި ބައިވެރިވި ކަމުގެ ޕޮސިބިލިޓީ ވަރަށް ކުޑަކަމަށް ފުލުހުން ފާހަގަކުރި އެވެ.

ފުލުހުން ބުނީ މަހްމޫދު އަބޫބަކުރު މަރާލި ކަމަށް ތަހުގީގު އާއި ކޯޓުގައި އިއުތިރާފުވެފައިވާތީ, އޭނާގެ މައްޗަށް ދައުވާ ކުރުމަށް އަންނަ ހަފުތާ ތެރޭ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ

މަހުމޫދަށް ދީފައިވާ ހަމަލާތަކުގެ ތަފްސީލު ދެމުން ފުލުހުން ބުނީ، ތަހުގީގުން އެނގޭ ގޮތުން ސާލިމް މަހުމޫދު މަރާލައިފައި ވަނީ ފައިސާގެ ދަހިވެތި ކަމުގަ އެވެ.  އަދި އެ ރޭ މަހުމޫދަށް ސާލިމް ދިރިއުޅޭ ގެއަށް ދައުވަތު ދިން ސަބަބު ވެސް ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެކަން ހާމަކުރަން ފުލުހުން ދެކޮޅު ހެދިއެވެ. ފުލުހުން ބުނީ، އެކަމުގެ ތަފްސީލު އަދި ހާމަކުރެވެން ނެތް ކަމަށެވެ.

ސާލިމް ދިރިއުޅޭ ނެދުންގެ ބަލައި ފާސްކުރިއިރު، މަހްމޫދުގެ ގަޑި އާއި ފައިވާނާއި އޭނާ ގެންގުޅުނު ފައިސާތައް ވެސް ހޯދާފައެވެ. ފުލުހުން ބުނިގޮތުގައި، މަހުމޫދު މަރާލި ރޭ، އެވވަގުތު އޭނާގެ އަތުގައި އޮތީ 500 ރުފިޔާގެ 20 ނޫޓެވެ. އެއީ 10،000 ރުފިޔާއެވެ.

ފުލުހުން އިތުރަށް ފާހަގަކުރި ގޮތުގައި، ސާލިމް މަރާލުމުގެ އިތުރުން، އޭނާ އަކީ އިތުރު ކުށްތައް ކޮށްފައިވާ މީހެއްކަންވެސް ތަހުގީގުން އެނގުނު ކަމަށެވެ. އެގޮތުން ރަށުގައި ހިނގި ވައްކަމުގެ މައްސަލައެއްގައި އޭނާއަށް ތުހުމަތު ކުރެވޭ ކަމަށާއި، އަދި މި މައްސަލަ ދަނގެތި ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން ދާކަމަށެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ