ރޭގެ ވަގުތެއްގައި ފަރަށް އެރި އެފްއެސްއެމްގެ ތެޔޮ ބާޖު-- ފޮޓޯ: އެމްއެންޑީއެފް

އެފްއެސްއެމްގެ ތެޔޮ ބާޖެއް ފަރަށް އަރައިފި

ފިއުލް ސަޕްލައިޒް މޯލްޑިވްސް (އެފްއެސްއެމް) އިން އޮޕަރޭޓް ކުރަމުންދާ ތެޔޮ ބާޖެއް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، އެފްއެސްއެމްއިން އޮޕަރޭޓް ކުރަމުންދާ 24 މީޓަރު ދިގުމިނުގެ ބާޖެއް ރޭގެ ވަގުތެއްގައި ފަރަށް އަރައިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

ފަރަށް އަރައިފައި ވަނީ (އެފްއެސްއެމް)ގެ 'މެކުނު' ނަމަކަށް ކިޔާ ތެޔޮ ބާޖެވެ. މި ތެޔޮ ބާޖު ފަރަށް އަރައިފައި ވަނީ ކ.ރަންނާޅި ރިސޯޓު ކައިރީގައިވާ ފަރަކަށެވެ.

މި އުޅަނދު ފުންކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުމަށް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދުފަހަރު މިހާރު ދަނީ ހަރަކާތްތެރިވަމުންކަމަށް އެމްއެންޑީއެފުން މައުލޫމާތު ދިނެެވެ.

ތެޔޮ ބާޖު ފަރަށް އެރި ސަރައްދު-- ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފުން އިތުރަށް ބުނީ، މި ތެޔޮ ބާޖު ފަރަށް އެރުމާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. އަދި އުޅަނދުން ތެޔޮ ލީކުވެފައިވާ ކަމުގެ މައުލޫމާތުވެސް ލިބިފައިވާ ނުވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ