އައްޑޫން އިތުރު 123 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 123 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އައްޑު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އިއްޔެ ހަވީރު 6 ޖެހުމާ ހަމައަށް ނެގި 361 ސާމްޕަލްގެ ތެރެއިން 64 ކޭސް ފެނިފައިވަނީ ހިތަދޫ އިން ކަމަށާއި އަދި ފޭދޫން 25 ކޭސް ފެނިފައިވާ ކަމަށެވެ. މި ދެ އަވަށަކީ އައްޑޫގައި ކޮވިޑްގެ އެންމެ ގިނަ ކޭސްތައް ފެންނަ ދެ ސަރަހައްދެވެ.

މީގެ އިތުރުން މީދޫން 12 މީހަކު އަލަށް ޕޮޒިޓިވްވެފައިވާއިރު، މަރަދޫފޭދޫން 9 ޕޮޒިޓިވް ކޭސްފެނިފައިވެ އެވެ. އަދި މަރަދޫ އާއި ހުޅުދޫންއިންވެސް 6 ޕޮޒިޓިވް ކޭސްފެނިފައިވެ އެވެ.

އައްޑޫން ކޮވިޑް ބަލި ޖެހިގެން 14 މީހަކު ވަނީ މަރުވެފަ އެވެ. އަދި  އެކްޓިވް ކޭސްގެ ގޮތުން އައްޑޫގައި ޖުމްލަ 531 ކޭސް މިވަގުތު އެބައުޅެއެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ ހިތަދޫގަ އެވެ. އެގޮތުން ހިތަދޫގައި 235 އެކްޓިވް ކޭސް އުޅޭއިރު، ފޭދޫ ގައި 105 އެކްޓިވް ކޭސް އުޅެއެވެ. މީގެ އިތުރުން ދެން އެންމެ ގިނައިން އައްޑޫ ސިޓީގައި އެކްޓިވް ކޭސް އުޅެނީ މީދޫ ގައެވެ. މީދޫގައި 91 އެކްޓިވް ކޭސް އުޅޭއިރު، ހުޅުދޫގައި 43 ކޭސް އުޅެ އެވެ.

ފާއިތުވެ އެތައް މަހަކާއި އަޅާބަލާއިރު، ރާއްޖޭގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ އަދަދު މިދިޔަ ދުވަސްތަކުގައި ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފަ އެވެ. އަދި މިހާލަތަށް ލުޔެއް ނުލިބެ، ޕޮޒިޓިވްވާ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން އިއްޔެ، މާލެއިން 1219 ޕޮޒިޓިވް ކޭސް އާއެކު ޖުމްލަ 2000 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ