މާޒު ބޯޓު ފަރަށް އަރައިފި

ކ.މާލެއިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުންދިޔަ "މާޒު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓު ފަރަކަށް އަރައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، 8 މީހުންނާއެކު ދަތުރުކުރަމުންދިޔަ އެ ބޯޓު އަރާފައިވަނީ މ.ތުވަރުގެ އިރުއުތުރުން 8 ނމ. ބޭރު ފަރަކަށް ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ ރޭ ފަތިހު 04:51 ހާއިރު ކަމަށާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ތާޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

މި ދުވަސްވަރަކީ މެދުރާއްޖެތެރެއާއި އުތުރުގެ މޫސް ގޯސް ވަރަކަށްވާއިރު، ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ތ.އަތޮޅާއި ހަމައަށް މިއަދު 11:00 އާއި ހަމައަށް ވަނީ ވައިޓް އެލާޓްވެސް ނެރެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ