މާފުށީ ޖަލުގައި ޑިއުޓީކުރަމުންދާ ކަރެކްޝަންސްގެ ޑިއުޓީ އޮފިސަރުންނަށް ތޫނު ހަތިޔާރު ދައްކައި، ޤައިދީން މަރުގެ އިންޒާރު ދީފިއެވެ.
އިތުބާރުހިފޭ ތަރާތަކުން "ފެށުން" އަށް މަޢުލޫމާތު ދެއްވި ގޮތުގައި, ރޭގެ ވަގުތެއްގައި ތިން ފޫޓް ހުންނަ ވަރުގެ ތޫނުކޮށްފައި އޮތް ދަގަނޑުބުރިއެއް ޑިއުޓީ އޮފިސަރުންނަށް ދައްކައި، އޮފިސަރުންނަށް މަރުގެ އިންޒާރު ދީފައިވަނީ މާފުށީ ޖަލުގެ ޔުނިޓް-4 އިންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ތޫނު ހަތިޔާރުން ޖަލު އޮފިސަރުންނަށް އިންޒާރު ދިންތާ 24 ގަޑިއިރު ވެގެންދިޔައިރުވެސް އެ ދަގަނޑުބުރި އެ ގޮޅިން ނެރެވިފައެއް ނުވެއެވެ.
"ރޭގަ އިންޒާރު ދިނީ، ތިން ފޫޓް ހުންނަވަރުގެ ކޮޅު ތޫނުކޮށްފައި އޮތް ދަގަނޑުބުރިއެއް ދިއްކޮށްފައި ޤައިދީން އެބުނަނީ ކައިރިވެއްޖިއްޔާ ގަޅާލާނަމޭ. 24 ގަޑިއިރު ވީއިރުވެސް އެ ހަތިޔާރު ނުނެރެވޭ. އޮފިސަރުން ތިބީ ފުރާނަ ނުރައްކަލަކަށް ހުށަހެޅިގެން." ނަން ހާމަކުރަން ބޭނުންނުވާ ފަރާތަކުން ބުންޏެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ޔުނިޓްގައި ތޫނުކޮށްފައިވާ ދަގަނޑުބުރި އޮތުމުން ޖަލު އޮފިސަރުން އެ ސަރަހައްދަށް ދިއުމަށްވެސް ދެކެޅުހަދައި، އެކަމުގެ ކަންބޮޑުވުން ރެއިން ފެށިގެން ޖަލުގެ ވެރިންނަށް ދަނީ ތަކުރާރުކޮށް އަންގަމުންނެވެ.
"ވެރިން ބުނަނީ އީއެސްޖީ ޔުނިޓް ހަތަރަކަށް ވަނުން މަނާކޮށްފައޭ އޮތީ. ކޮމިޝަނަރު ހުއްދައެއް ނުދެއްވައޭ އީއެސްޖީ ވަންނާކަށް. އެހެންވެ ޖަލު އޮފިސަރުންނަށް އެ ނެރެވޭނެ ގޮތެއް ނެތް." ކަންބޮޑުވުން ފާޅުކޮށް މަޢުލޫމާތު އެނގޭ ފަރާތަކުން ބުންޏެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަށް ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބުދެއްވާފައި ނުވާތީވެ ކަރެކްޝަންސްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.
ތޫނު ހަތިޔާރުން ޖަލު ބަލަހައްޓާ އޮފިސަރުންނަށް ޤައިދީން މަރުގެ އިންޒާރު ދިންއިރު، މިދިޔަ ބުރާސްފަތި ދުވަހު ދުވަހު މާފުށީ ޖަލުގެ ޔުނިޓް-2 ގައި ހަމަނުޖެހުން ހިނގާފައިވަނީވެސް ޤައިދީއަކު ޖަލު އޮފިސަރަކަށް 16 އިންޗީގެ އެނބުރި ދަގަނޑަލުން ހަމަލާދިނުމުންނެވެ.
މާފުށީ ޖަލުގެ ޚާލަތު ބަދަލުވެ، މިރޭ ވަނީ އެ ޖަލުގައި ނުރައްކާތެރި ކުށްވެރިން ބަންދުކޮށްފައި ތިބޭ ޔުނިޓް-2 ގެ 11 ގޮޅިއެއްގައި ހަރުކޮށްފައިހުރި ސަލާމަތީ ކެމެރާތައް ހަލާކުކޮށްލައި، ކަރެކްޝަންސްގެ އޮފިސަރުން ގަޔަށް މިރުސް ފެންވެސް ޖަހާފައެވެ.




4 Responses
އެތަކެތި ނަގަން ނުވަންނަނީ ކީވޭންތޯ ސުވާލުކޮއްބަލަ؟ އެބަލާ ދިއުމުން ރީތިކޮއް ދޭނެތޯ ވެރިންނާ ސުވާލް ކޮއްބަލަ. ނުވަތަ މިނިސްޓަރ އަދި ސީ.ޕީ ގޮސް އެތަކެތި ނަގާބަލަ. އެންމެންނައްވެސް ރައްކާތެރިކަން ބޭނުންވާނެ ދޯ.
Kobaa ehkala HRCM, kuverin noon v ma ok dhw
ނުލަފާ ކަމުން ހައްދުފަހަނަޅާފައި ތިބި ކުށްވެރިން ތަކެއް. އެންކަލް ބޫޓުން ***** މައިބަދަ **ދާލަބަލަ. ތިބޭނެ ގައް*****އް ވާގިނެތިފަ
Nurah their kuhverinneh nuthibeyne. golhin beyruga thibey meehun golheege ethereyga thibeymeehunge ihusaas thakah gadaru kuranvaane