މިދިޔަ ހުކުރުދުވަހު ނޭޕާލުގެ ހުޅަނގަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވިމީހުންގެ އަދަދު 128 އަރައިފިއެވެ.
މި ބިންހެލުން އައިސްފައިވަނީ، ހުކުރުދުވަހުގެ މެންދުރު 11:47 ގައި ރެކްޓަރ މިންގަނޑުން 5.6ގެ ބާރުމިނުގައި ޖަޖާރކޮޓް ނަމަކަށްކިޔާ ސަރަހައްދަކަށެވެ. މި ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 190،000 އެވެ.
ބިންހެލުމުގެ ލޮޅުން ނޭޕާލުގެ ވެރިރަށް ކަތަމަންޑޫއަށާއި އަވައްޓެރި އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށްވެސް ކޮށްފައިވާކަމަށް ބަޔެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ބިންހެލުމުގެ ސަބަބުން އަސަރުކުރި ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން މިހާރު ފަށައިފައިވާއިރު މަގުތައް ބެދުމުގެ ސަބަބުން މިމަސައްކަތަށް އައްނަނީ ގޮންޖެހުންތައް ކުރިމަތި ވަމުންނެވެ.
ނޭޕާލުގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހަލް ވަނީ ބިންހެލުމުގެ މިހާދިސާއާއި ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކަށް ތައުޒިޔާގެ މެސެޖު ފޮނުއްވާ ސަލާމަތީ ފަރާތްތަކަށް ގެއްލުން ލިބުނު މީހުންނަށް އެހީތެރިވުމަށް ގޮވާލައިފައެވެ.
ނޭޕާލު އޮންނަ ސަރަހައްދުގެ ގޮތުން އެކިމިންވަރުގެ ބާރުމިނުގެ ބިންހެލުންތައް އައުމަކީ އާންމުކަމެކެވެ. 2015 ވަނަ އަހަރު ނޭޕާލަށް އައި ދެބިންހެލުމެއްގައިވެސް 9،000 މީހުންވަނީ މަރުވެފައެވެ.