އެންޓި ކޮރަޕްޝަން ކޮމިޝަން (ޢޭސީސީ) ގެ ލޯގޯ - ފޮޓޯ: އޭސީސީ

ފުރަތަމަ ތިން މަސްތެރޭ ކޮރަޕްޝަންގެ 287 މައްސަލައެއް އޭސީސީއަށް

މިހިނގާ 2019 ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ކޮރަޕްޝަނުގެ 287 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އޭސީސީ އިން މިއަދު ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި 287 މައްސަލައެއް ހުށަހެޅުނުއިރު، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ހުށަހެޅިފައިވަނާީ 280 މައްސަލަ ކަމަށެވެ.

ހުށަހެޅުނު 287 މައްސަލައިގެ ތެރެއިން 38 މައްސަލައެއް ނުބަލާ ދޫކޮށްލަން އޭސީސީ އިން ނިންމާފައިވާއިރު، ބަލަން ނިންމާފައިވަނީ 253 މައްސަލައެވެ.

އޭސީސީ އިން އިތުރަށް ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެހެން އިދާރާތަކަށް ފޮނުވިފައިވަނީ ދެ މައްސަލަ ކަމަށެވެ. އެއީ 2018 ވަނަ އަހަރުގެއެ މުއްދަތާ އަޅާކިޔާއިރު ނިސްބަތުން ބޮޑު ދަށްވުމެކެވެ. ވޭތިވެދިޔަ އަހަރު އެ މުއްދަތުގެ ތެރޭގައި އެހެން އިދާރާތަކަށް 16 މައްސަލައެއް ފޮނުވާފައިވެއެވެ.

އޭސީސީގެ މަސައްކަތްތައް ކުރިއަށްދާގޮތަށް ބަލާއިރު، ކުންފުނިތަކުގައި ހިންގާ ކޮރަޕްޝަނާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާ ކަންކަމާއި އެކަމުގެ ޙައްލުތަކާމެދު މަޝްވަރާކުރަމަށް ދައުލަތުގެ މުއައްސަސާތަކާއި، ދައުލަތް ޙިއްޞާވާ ކުންފުނިތަކުގެ އިތުރުން މިނިވަން މުއައްސަސާތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ