ކުޅުދުއްފުށީ އެއާޕޯޓަށް ފުރަން ދިޔަ މީހެއްގެ އަތުން ވަޒަނެއް ފެނިއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މިފަދަ ކަމެއް ސަމާލުކަމަށް އައިސްފައިވާކަމަށެވެ.
މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، ވަޒަންފެނިފައި ވަނީ ކުޅުދުއްފުށި އެެއާޕޯޓަށް ފުރަން ދިން އަންހެނެއްގެ ދަބަހުން ކަމަށެވެ. އަދި މި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.
ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.



