ފަނޑިޔާރު އަޒްމިރަލްދާ މަހާޒް އަދި ޙުސްނިއްސުޢޫދު. ފޮޓޯ: ރައީސް އޮފީސް

ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު ވަކިކުރަން މަޖިލީހުގެ ކޮމިޓީއިން ފާސްކޮށްފި

ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު މަޤާމުން ވަކިކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއިން ނިންމައިފިއެވެ.

މިއަދު ސިއްރުކޮށް ކުރިއަށް ގެންދިޔަ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި އެދެފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ފާސްކޮށްފައިވާއިރު ދެފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށްވެސް މިއަދު ކޮމިޓީއިން ވަނީ ފާސްކޮށްފައެެވެ.

މި ނިންމުން ނިންމާފައިވަނީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފްގެ މައްސަލައިގައި ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މި މައްސަލަ ތަޙުޤީޤުކޮށް، ދެ ފަނޑިޔާރުން ވަކިކުރުމަށް ހުށަހަޅާފައިވާ ރިޕޯޓު ޖުޑީޝަރީ ކޮމިޓީމިޓީން ވަނީ ރަނގަޅު ކަމަށް ނިންމާފައެވެ.

މި މައްސަލައިގެ ސަބަބުން، ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވީ ހަމައެކަނި ހަތަރު ފަނޑިޔާރުންނެވެ. މިއީ ދުސްތޫރީ މައްސަލަތައް ބެލުމަށް ބޭނުންވާ އަދަދަށްވުރެ މަދު އަދަދެކެވެ. އެހެންކަމުން، މި ވަގުތު ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލަތައް ބެލުމަށް ދަތިތަކެއް ކުރިމަތިވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ